ސާވިންސައިޒް: 10 / ތައްޔަރުކޮށްލާ ފިހެލުމަށް: 2 ގަޑިއިރު

ބޭނުންވާނެ ތަކެތި
ޗީޒް ކޭކް ބައި
350 ގުރާމް ކްރީމްޗީޒް
2 ބިސް
2 މޭޒުމަތިސަމްސަ ކޯންފްލާ
1 ޖޯޑު ވިޕިންކްރީމް
3/4 ޖޯޑު ގެރިކިރު
ރެޑްވެލްވެޓް ބައި
ރެޑް ވެލްވެޓް ކޭކްމިކްސް އެއް ގިރާލާފަ
އައިސިން ހަދާލުމަށް
250 ގުރާމް ކްރީމްޗީޒް
1/2 1 ޖޯޑު އައިސިންޝުގަރ، ފުރާނާފަ
1 ސައިސަމްސަ ވެނީލާއެސެންސް
ތައްޔާރުކުރާނެގޮތް
1-ޗިޒްކޭކް ބައި ހަދާލުމަށް ތައްޓަކަށް ކްރީމްޗީޒް އަޅާލުމަށްފަހު ކްރީމީވަންދެން ގިރަލައްވާ. މީގެތެރެއަށް ފަހަރަކު ބިހެއް އަޅާ ގިރާލައްވާ.
2-ދެން ވިޕިންކްރީމް، ކޯންފްލާ، ވެނިލާއެސެންސް އަދި ގެރިކިރު އަޅާ ރަނގަޅަށް ގިރާލައްވާ.
3-ދިހަ އިންޗި ޓްރޭއެއްތެރޭ ބޭކިންޕޭޕަރ އަޅާ ލައްވާ، ފުރަތަމަ ރެޑްވެލްވެޓް ކޭކްއިން ތިންބައިކޮށްފަ އެއްބައި ޓްރޭތެރެއަށް އަޅާލައްވާ، ދެން ޗީޒްކޭކް ފުށްގަނޑުގެ ތިންބައިކޮށްފަ އެއްބައި ރެޑްވެލްވެޓް ބައިގެ މެދަށް އަޅާލައްވާ.
4-އަނެއްކާވެސް ރެޑްވެލްވެޓް ކޭކްމިކްސް ގެ ދެބައިކޮށްފަ އެއްބައި ޗީޒްކޭކް ލޭޔަރގެ މެދަށް އަޅާލައްވާ.
5-ހަމަ މިގޮތަށް ޗީޒްކޭކް ފުށްގަނޑުގެ ދެބައިކޮށްފަ އެއްބައި ރެޑްވެލްވެޓް ލޭޔަރގެ މެދަށް އަޅާލައްވާ.
6-ދެން ރެޑްވެލްވެޓް ފުށްކޮޅު އެއްކޮށް ޗީޒްކޭކް ލޭޔަރ މެދަށް އަޅާލައްވާ. ބާކީހުރި ޗީޒްކޭކް ބައި ރެޑްވެލްވެޓް ލޭޔަރގެ މެދަށް އަޅަލައްވާ.
7-އަވަން 160 ޑިގްރީސެލްސިއަސް އަށް ހޫނުކުރުމަށްފަހު ކޭކް ލާފަ ރެޑްވެލްވެޓް ކޭކް ބައި ފިހެވެންދެން ފިއްސަވާ. ޓޫތްޕިކްއެއް ހަރާލީމަ ސާފުކޮށް އަށްނަވަރަށް. ކޭކްފިހެވުމުން އެއްކޮށް ހިހޫންވަންދެން ބާންދަވާ. ކޭކް ހިހޫންވީމަ ޓްރޭ އާއެކު ކޭކް މަދުވެގެން ދެގަޑިއިރު ފްރިޖްގަ ބާނދަވާ.
8-އައިސިންކޮޅު ހަދާލުމަށް ކްރީމްޗިޒްކޮޅު ތައްޓަކަށް އަޅާފަ ކްރީމީ ވެލަންދެން ގިރާލައްވާ، ދެން އައިސިންޝުގަރ އަދި ވެނީލާއެސެންސް އަޅާ އޮމާވަންދެން ގިރާލައްވާ، އޭރުން އައިސިން މިހެދުނީ.
9-ކޭކް ޓްރޭއިން ނަގާ ސާވިން ތަށިތެރޭ ބާންދާފަ ހަދާލި އައިސިންކޮޅު ކޭކްމައްޗަށް އަޅާ ފަތުރާލައްވަ.
