ސާވިންސައިޒް: 6 / ތައްޔާރުކޮށްލަން ނަގާނެވަގުތު: 30 މިނެޓް
ޕިރިނީ އެކި ތަރުކާރީ އަދި މޭވާގަ ތައްޔާރުކޮށްފަ ހުންނަތަން އަޅުގަނޑަށް ފެނެއެވެ. އެކަމު އަދި ރޯސްޕިރިނީ ހަދާފަ ހުއްޓަ ނުފެނެއެވެ. އަޅުގަނޑު ފޮނި މީރު ޑެޒާޓެއް ހަދަން ވިސްނާފަ ރޯސްޕިރިނީ ހެދީއެވެ. މީ މިހާތަނަށް އަޅުގަނޑު ހެދި އެއްމެމީރު އެއްޑެޒާޓެވެ. މިޑެޒާޓް ގަ ޕިސްތާޗިއޯ ބޭނުންކޮށްލީ ޑެޒާޓް ރީތިކޮށްލަން ކަމަށެވެ. ނަމަވެސް ޕިސްތާޗިއޯ އެޅީމަ އިތުރަށް ރޯސްޕިރިނީގެ ރަހަ މީރުވިއެވެ. މި ޑެޒާޓް ތައްޔާރު ކޮށްލައްވަންޏާ ޕިސްތާޗިއޯގެ ބަދަލުގަ މުގުރި އެލްމަށްޑް އެޅީމަވެސް މީރުވާނެއެވެ.

ބޭނުންވާނެ ތަކެތި
1 ލީޓަރ ފުލްކްރީމް ކިރު
8 މޭޒުމަތީސަމްސާ ބާސްމަތީ ހަނޑޫ
2 މޭޒުމަތިސަމްސާ ކަސްޓަޑް ޕައުޑަރ
1 ދަޅު ގެރިކިރު
1/3 ޖޯޑު ރޯސް ސިރަޕް
1/2 ޖޯޑު މުގުރި ޕިސްތާޗިޔޯ ނޫނީ އާމަންޑް
ތައްޔާރުކުރާނެގޮތް
1-ބާސްމަތީ ހަނޑޫކޮޅު ދޮވެފަ ހިއްކާލައްވާ، ހިކުނީމަ ރާޅުކޮށް މުގުރާފަ ތަށްޓަކަށް އަޅާލައްވާފަ ބަހައްޓަވާ.
2-ކަސްޓަޑް ތެރެއަށް 1 ޖޯޑު ފުލްކްރީމް މިލްކް އަޅާ އެއްކޮށްފަ ބަހައްޓަވާ.
2-ތެއްޔަކަށް ބާކީހުރި ކިރު އަދި މުގުރާލި ހަނޑޫ އަޅާލައްވާ. ހަނޑޫ ކޮޅު މަޑުވަންދެން ކައްކާ. ކައްކާއިރު ދެދޭތެރެއިން ހާވާ އެއްކޮށްލައްވާތި.
3-ހަނޑޫ މަޑުވީމަ ގެރިކިރު، ރޯސްސިރަޕް އަދި ފިޔާތޮށިކުލަ އަޅާ އެއްކޮށްލައްވާ. ދެން ކަސްޓަޑް އެއްކޮށްލި ކިރުކޮޅު އަޅާފަ ހާވަމުން ކައްކަންފަށާ، ޕިރިނީ އޮލަވަންދެން ކައްކާލައްވާ. އޮލަވީމަ ޕިސްތާޗިއޯ އިން ކުޑަ އެތިކޮޅެއް ބަހައްޓާފަ ބާކީހުރި ބައި ޕިރިނީއަށް އަޅާ އެއްކޮށްލައްވާ.
4-ސާވިން ތަށްޓަށް ޕިރިނީ އަޅާފަ މަށްޗަށް ޕިސްތާޗިޔޯ ބުރުވާފަ. އެއްކޮށްހިހޫންވަންދެން ބަހައްޓަވާ. ހިހޫންވީމަ ފްރިޖައްލާ ފިނިކޮށްފަ ސާވްކޮށްލައްވާ.
