ބަޓަރ ޗިކަން މަސްރޮށި

6-7 މަސްރޮށި / ތައްޔާރުކޮށްލަން ނަގާނޭވަގުތު: 45 މިނެޓް

ބޭނުންވާނެ ތަކެތި

މަސްކޮޅު މެރިނޭޓް
300 ގުރާމް ބޯންލަސް ކުކުޅު، ކުދިކޮށް ކޮށާފަ
1 ސައިސަމްސަ އިނގުރު ލޮނުމެދު ޕޭސްޓް
1 ސައިސަމްސާ މުގުރި މިރުސް ޕައުޑަރ
1 ސައިސަމްސާ މުގުރި ދިރި
1 ސައިސަމްސާ މުގުރި ކޮތަންބިރި
1/2 ސައިސަމްސާ އަސޭމިރުސް ޕައުޑަރ
1 ސައިސަމްސާ ގަރަމް މަސާލާ
ބަޓަރޗިކަން ފިލިން ކެއްކުމަށް
1 މެގީކިއުބް ގެ އެއްބައި
2 މޭޒުމަތީސަމްސާ ބަޓަރ
1 ސައިސަމްސާ ލޮނު
2 މޭޒުމަތީސަމްސާ ޓޮމާޓޯޕޭސްޓް
3 މޭޒުމަތީސަމްސާ ނެސްލޭކްރީމް
މަސްރޮށި ހަދާލުމަށް
250 ގުރާމްގެ ރޮށްޓައް މޮޑެފަހުރި ފުށްގަޑެށް
މޮޒަރެއްލާ ޗީޒް (ގާނާފަ)

ތައްޔާރުކުރާނެގޮތް

1-މަސްކޮޅު މެރިނޭޓް ދަށުގައިވާ ތަކެތި ތައްޓަކަށް އެޅުމަށްފަހު އެއްކޮށްފަ ބައިގަޑިއިރު މެރިނޭޓްކޮށްލަން ބަހައްޓަވާ.
2-ތެއްޔަކަށް ބަޓަރކޮޅު އަޅާ ހޫނުވީމަ މަސްކޮޅު، މެގީކިއުބް އަދި ލޮނުއަޅާ އެއްކޮށްލައްވާ. މަސްކޮޅު ފެންހިދި ރޯފިލީމަ ޓޮމާޓޯޕޭސްޓް އަޅާ އެއްކޮށްފަ މިނެޓެއްވަރުކައްކާފަ ނެސްލޭކްރީމް އަޅާ އެއްކޮށްލައްވާ. ދެން މަސްކޮޅު ހިހޫނކޮށްލަން ބަހައްޓަވާ.
3-ރޮށިފުއްގަނޑުން ގުޅަޖައްސަވާފަ ފަހަރަކު ގުޅައެއްހިކިފުށް ލައިގެން ތިން އިންޗި ވައްކޮށް ދަމާލުމަށްފަހު ފުށްކޮޅުމެދަށް މަސްކޮޅެއްލާފަ ޗީޒްކޮޅެއް މައްޗަށް އަޅާފަ ފުށްކޮޅު ބަންދުކުރަށްވާ. މަސްރޮށިހަދާގޮތަށް. ދެން ތިން އިންޗިއަށް މަސްގުޅަ ދަމާލައްވާ. މިގޮތަށް މަސްކޮޅު ހުސްވަންދެން މަސްރޮށި ހައްދަވާ.
4-ތަވައެއް ހޫނުކުރުމަށްފަހު މަސްރޮށިލާފަ ދެފުށަށް ފިއްސަވާ.