ބާބަކިއޫ ކުކުޅު ބިރިޔާނީ

މިބިރިޔާނީ ސާވިންސައިޒް: 7-6 / ތައްޔާރުކޮށް ކައްކާލަން: 3 ގަޑިއިރު

ބާބަކިއޫކުކުޅު ބިރިޔާނީ ރެސިޕީ މި ތައްޔާރު ކޮށްލީ ބޮޑުއީދުގެ ޙާއްސަ ރެސިޕީއެއް ގޮތަށްށެވެ. މި ރެސިޕީއަށް ބާބަކިއޫ ކުކުޅު ތައްޔާރުކޮއްލީ ބާބަކިއޫގެ ރަހަނުގެއްލޭ އަމަ އެހެންމެ ފޮނިރަހަނުލާ ކުޅިކޮށް މީރުކޮށް ތައްޔާރުކޮށްލެވޭ މެރިނޭޓެއްގައެވެ. މި ބިރިޔާނީ ކެއްކުމަށް ކުޑަވަގުތުކޮޅެއް ނެގިޔަސް މީ ޙާއްސަ ދުވަހަކަށް ގޭގައި ތައްޔާރުކޮށްލަން ވަރަށް މީރު ބިރިޔާނީއެކެވެ.

ބޭނުންވާނެ ތަކެތި

ބާބަކިއޫ ކުކުޅުމެރިނޭޓް
1200 ކިލޯގެ ކުކުޅެއް، ކޮށާފަ
1/2 ލުނބޮލުގެހުތް
1 މޭޒުމަތިސަމްސާ ތެޅިމިރުސް
1 މޭޒުމަތިސަމްސާ ގަރަމްމަސާލާ
1 މޭޒުމަތީސަމްސާ ކުކުޅު ހަވާދު ޕައުޑަރ
1 މޭޒުމަތިސަމްސާ ހަނާކުރި ހަވާދު ޕައުޑަރ
1 ސައިސަމްސާ ރީނދޫ
1 ސައިސަމްސާ ލޮނު
2 ސައިސަމްސާ ސްޓޮކްޕައުޑަރ
2 މޭޒުމަތިސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
1/4 ޖޯޑު ޔޯގަޓް
3 މޭޒުމަތިސަމްސާ ބާބަކިއޫ ސޯސް
2 މޭޒުމަތިސަމްސާ ސަންފްލާވަރ ނޫނީ ކުކިން ތެޔޮ
ބިރިޔާނީ ގްރޭވީ
2 ބޮޑުފިޔާ ކޮށާފަ
2 މޭޒުމަތިސަމްސާ އިނގުރު ލޮނުމެދުޕޭސްޓް
2 ބޭލީފް
4 ކާފޫރު ތޮޅި
2 އިންޗި ފޮނިތޮށި
1/2 ގިތެޔޮމިރުސް
5 ބޮޑު ރަތް ޓޮމާޓޯ ކުދިކޮށްކޮށާފަ
2 ބަށި ކުދިކޮށް ކޮށާފަ، ތެއްލާފަ
5 މޭޒުމަތީސަމްސާ ބިރިޔާނީ ހަވާދު
1 މޭޒުމަތިސަމްސާ ކުކުޅު ހަވާދު
2 ސައިސަމްސާ ސްޓޮކްޕައުޑަރ
1 ސައިސަމްސާ ލޮނު
1/2 ޖޯޑު ޔޯގަޓް
2 ޖޯޑު ފެން
1/3 ޖޯޑު ކޮށާފަ ހުރި ކޮރިއެންޑަރ ފަތް
ބަތް ކެއްކުމަށް
700 ގުރާމް ލޯނގް ގްރެއިން ބާސްމަތީހަނޑޫ
3 މޭޒުމަތީސަމްސާ ތެޔޮ
1/2 2 ސައިސަމްސާ ލޮނު
9 ޖޯޑު ފެން
2 ސައިސަމްސާ ރީނދޫ
ބިރިޔާނީ ކެއްކުމަށް
1 ޖޯޑު ތެއްލި ފިޔާ
1 ޖޯޑު ކޮރިއެއްޑަރ ފަތް
ކައްކާލި ބިރިޔާނީ ގްރޭވީ
ކައްކާލި ބަތް %70 އަށް ކައްކާފަ ހުރި ބަތް
ބާބަކިއު ކުކުޅު
އޮރެންޖް ކުލަ

ތައްޔާރުކުރާނެގޮތް

1-ބާބަކިއޫ ކުކުޅު މެރިނޭޓް ދަށުގައިވާ ހުރިހާ ތަކެތި ބޮޑު ތަށްޓަކަށް އަޅާ ރަނގަޅަށް އަތުން އެއްކޮށްލައްވާ. އެއްވުމުން ތަށީ މަތިބަންދުކޮށްފަ ފްރިޖްގެ ފިނިކުރާބައިގަ 3 ގަޑިއިރު ބާނދާ.
2-ތިން ގަޑިއިރު ވުމުން މެރިނޭޓްކުރި ކުކުޅު މިކްސްޗަރ ތެއްޔަކަށް އަޅާލައްވާ. ތެލި އުނދުންމައްޗަށް އުދާ މަޑުގިނިމަތީ މަތިޖަހައިގެން ރޯފިލަންދެން ކައްކާލައްވާ. ކުކުޅު ރޯފިލުމުން މަތިނަގާފަ ކުކުޅުކޮޅު ހިކެންދެން ކައްކާލައްވާ.
3-ކުކުޅުކޮޅު ރަނގަޅަށް ހިކުނީމަ ކުޑަ އެލުމިނިއަމް ނޫނީ އަވަން ސޭފް ތަށްޓެއް ނޫނީ އެލުމީނިއަމް ފޮއިމް އިން ކުޑަތަށްޓެއް ހަދާލާފަ ކުކުޅުކޮޅުމެދުގަ ބާނދާ. ދެން ޗާކޯލް ކޮޅެއް ރަނގަޅަށް ރޯކޮށްފަ ބާށނދާލި ތަށި ތެރެއަށްލާ، ވަގުތުން ކުޑަ ތެޔޮކޮޅެއް ޗާކޯލްމަށްޗަށް އަޅާފަ ތެލީމަތި ޖައްސަވާ. ތެލީމަތިގަހާފަ 15 މިނެޓް ބޭނދުމަށްފަހު މަތިނަންގަވާ. ކުކުޅުކޮޅު އެހެން ތަށްޓަކަށް ނަގާފަ ބަހައްޓަވާ.
4-ތެއްޔަކަށް ތެޔޮއަޅާ ހޫނުކޮށްފަ ބަށި ކޮޅު ތެއްލާލާފަ ތެލުންނަގާފަ ބަހައްޓަވާ،
5-ބިރިޔާނީ ގްރޭވީ ތަށްޔާރުކޮށްލުމަށް ބާނބަކިއޫ ކުކުޅު ހަދާލި ތެއްޔަށް ތެޔޮ އަޅާ ހޫނުކޮށްފަ ފިޔާ، އިނގުރު ލޮނުމެދު ޕޭސްޓް، ބޭލީފް އަދި ގިތެޔޮ މިރުސްއަޅާ، ފޮނިތޮށި. ކާފޫރުތޮޅި އަޅާ ފިޔާ މޯޅިވެލަންދެން ކައްކާލައްވާ. ފިޔާ މޯޅިވުމުން ޓޮމާޓޯ އަޅާ އެއްކޮށްލައްވާ. ތެލީ މަތިޖަހައިގެން ޓޮމާޓޯކޮޅު މަޑުވެލަންދެން ކައްކާލައްވާ.
6-ޓޮމާޓޯކޮޅު މަޑުވީމަ ތެއްލާލި ބަށިކޮޅުއަޅާ އެއްކޮށްލައްވާ. ދެން ކުކުޅުހަވާދު، ބިރިޔާނީ މަސާލާ، ސްޓޮކްޕައުޑަރ، ޔޯގަޓް. ލޮނު އަދި ފެން އަޅާ އެއްކޮށްލައްވާ. މި ގެރޭވީ އޮލަވެލަންދެން ކައްކާލައްވާ. ގްރޭވީ އޮލަވީމަ ކޮރިއެންޑަރ ފަތް އަޅާ އެއްކޮށްފަ އުނދުންމަތިން ބާލާފަ ބަހައްޓަވާ.
7-ބަތްކޮޅު ކެއްކުމަށް ހަނޑޫ، ފެން، ލޮނު، ތެޔޮ އަދި ރީނދޫ ތެއްޔަކަށް އެޅުމަށްފަހު ހަނޑޫ 70 ޕަސެންޓް އަށް ރޯފިލަންދެން ކައްކާލާ.
8-ބިރިޔާނީ ކެއްކުމަށް ބޮޑުތެއްޔަކަށް ކައްކާލި ގެރޭވީގެ ދެބައިކުޅައެއްބައި އަޅާ ފަތުރާލައްވާ، ދެން މީގެ މަތީގަ ބަތްކޮޅުގެ ދެބައިކުޅަ އެއްބައި އަޅާ ފަތުރާލައްވާ. މީގެ މަތީގަ ބާބަކިއޫ ކުކުޅުގެ އެއްބައި ކުކުޅު އަތުރާލާ، ދެން ތެއްލި ފިޔާ މަށްޗަށް ފަތުރާފަ ކޮރިއެންޑަރ ފަތް އަތޫރާލާ.
9-ދެން ބާކީހުރީ ބަތުގެ ދެބައިކުޅަ އެއްބައި އަޅާ ފަތުރާލާ، މީގެމައްޗަށް ބާކީ ހުރި ގެރޭވީއަޅާ ފަތުރާލާ، ގްރޭވީ މަށްޗަށް ދެން ހުރި ބަތްކޮޅު އަޅާ ފަތުރާލައްވާ. ބަތްކޮޅު މަތީ ބާކީހުރި ކުކުޅުކޮޅު އަތުރާލާ، ދެން އޮރެންޖް ކުލަކޮޅަށް 3 މޭޒުމަތިސަމްސާ ފެން އަޅާ އެއްކޮށްފަ މި ކުލަ ބިރިޔާނީގެ އެކި ތަންތަންކޮޅަށް އަޅާ ލާ.
10-އެއްމެފަހުން ތެއްލިފިޔާ އަދި ކޮރިއެންޑަރފަތް މަށްޗަށް ބުރުވާލާފަ ތެލީމަތި ޖަހައިގެން މަޑުގިނީގަ 20 މިނެޓް ބިރިޔާނީ ކައްކާފަ ސާވްކޮށްލައްވާ.