ސާވިންސައިޒް: 4 / ތައްޔާރުކޮށްލަން ނަގާނޭ ވަގުތު: 1 ގަޑިއިރު

ބޭނުންވާނެ ތަކެތި
މަސްކޮޅު ހެދުމަށް
250 ގުރާމް މިންސްޑް ބީފް
4 މޭޒުމަތިސަމްސާ ވެޖްޓަބަލް ތެޔޮ
1 މެދުސައިޒް ފިޔާ، ކުދިކޮށް ކޮށާފަ
2 ހިކަނދިފަތް، ކޮށާފަ
1 ސައިސަމްސާ އިނގުރު ލޮނުމެދުޕޭސްޓް
ރަހަލާވަރަށް ގިތެޔޮމިރުސް
1/2 ސައިސަމްސާ ރީނދޫ
1/2 ސައިސަމްސާ ތެޅިމިރުސް
1/2 ސައިސަމްސާ އަސޭމިރުސް
1 ސައިސަމްސާ ކޮތަންބިރި ޕައުޑަރ
1 ސައިސަމްސާ ރާޅުހިކިމިރުސް
1 ކުޑަ މެގީކިއުބް
1/2 ސައިސަމްސާ ލޮނު
2 ބޮޑު އަލުވި މަޑުކޮށް، ޗިސްކޮށްފަ
ކަޓްލަސް ހަދާލުމަށް
2 ބިސް
2 މޭޒުމަތިސަމްސާ ފުށް
1 ޖޯޑު ފާރޮށި ކުނޑި
ކަޓްލަސް ތެއްލޭވަރަށް ތެޔޮ
ތައްޔާރުކުރާނެގޮތް
1-ތެއްޔެއް އުނދުންމަށްޗަށް އުދާފަ ތެޔޮ ކޮޅު އަޅާލައްވާ، މީގެތެރެއަށް ފިޔާ. އިނގުރު ލޮނުމެދުޕޭސްޓް، ހިކަނދިފަތް އަދި ގިތެޔޮމިރުސް އަޅާ ފިޔާކޮޅު މޯޅިވެލަންދެން ރަތްކޮށްލައްވާ.
2-ދެން ބީފް، ރީނދޫ، ތެޅިމިރުސް، އަސޭމިރުސް، ކޮތަންބިރި، ރާޅު ހިކިމިރުސް އަދި މެގީކިއުބް އަޅަ އެއްކޮށްލައްވާ.
3-ބީފްކޮޅު ރޯފިލަންދެން ކައްކާލައްވާ، ދެން އަލުވި އަޅާ އެއްކޮށްފަ ލޮނުހެޔޮވަރުކޮށްފަ އުނދުންމަތިން ބާލާ. މަސްގަނޑު ހިހޫންވީމަ ބޭނުންސައިޒަކަށް ގުޅަޖައްސަވާފަ ބަހައްޓަވާ.
4-ބިސްކޮޅު ތެރެއަށް ފުށްއަޅާ އެއްކޮށްލައްވާ. ދެން ކަޓްލަސް މަސްގުޅައެއް ނަގާ ބިހަށްލާފަ ފާރޮށިކުނޑިއަށް ލާ، މިގޮތަށް ހުރިހާ ގުޅައެއް ހައްދަވާ.
5-ތެޔޮ ތެއްޔަކަށް އަޅާ ހޫނުކޮށްފަ ކަޓްލަސްތަށް ތެއްލާލައްވާ.
