ބީފް އެން ސޮސެޖް ފްރައިޑް ރައިސް

ސާވިން ސައިޒް: 3 / ތައްޔާރުކޮށްލަން ނަގާނެ ވަގުތު: 20 މިނެޓް

ބޭނުންވާނެ ތަކެތި

މަސްކޮޅު މެރިނޭޓް
300 ގުރާމް ބީފް، ދެ އިންޗި ދިގަށް ތުނިކޮށް ކޮށާފަ
1 ސައިސަމްސަ ލޮނުމިރުސް ޕޭސްޓް
1 ސައިސަމްސާ ލައިޓް ސޯޔާ ސޯސް
1/2 ސައިސަމްސަ ބޭކިން ސޮޑާރ
1 ސައިސަމްސާ ކޯންފްލާ
3 މޭޒުމަތީސަމްސާ ކުކިން އޮއިލް
ފްރައިޑް ރައިސް ހަދާލުމަށް
މެރިނޭޓްކުރި މަސްކޮޅު
4 ސޮސެޖް، ކުދިކޮށް ކޮށާފަ
2 ބިސް
3 ލޮނުމެދު ކުދިކޮށް ކޮށާފަ
3 ސްޕްރިންގް އަނިއަންގެ ހުދު ބައި، ކޮށާފަ
1 ސައިސަމްސާ ހިކިމިރުސް
ރަހަލާވަރަށް ގިތެޔޮމިރުސް
1 މެގީ ކިއުބް’
3 މޭޒުމަތިސަމްސާ ސަމްސާ ލައިޓް ސޯޔާ ސޯސް
1 މޭޒުމަތިސަމްސާ ޑާރކް ސޯޔާ ސޯސް
1/3 ޖޯޑު ފެން
3 މޭޒުމަތީސަމްސާ ޓޮމާޓޯ ކެޗަޕް
4 ޖޯޑު ކައްކާފަ ހުރި ބަތް’
3 ސްޕްރިންގް އަނިއަންގެ ފެހިބައި، ކޮށާފަ
ކުކިން އޮއިލް

ތައްޔާރުކުރާނެގޮތް

1-މަސްކޮޅު މެރިނޭޓް ގެ ދަށުގައިވާ ތަކެތީގެ ތެރެއިން ތެޔޮ ނޫން ދެން ހުރި ތަކެތި ތައްޓަކަށް އަޅާ އެއްކޮށްފަ ފަނަރަ މިނެޓް މެރިނޭޓް ކޮށްލަން ބަހައްޓަވާ.
2-ތެއްޔަކަށް ތެޔޮކޮޅު އަޅާ ހޫނުވެލީމަ މެރިނޭޓްކުރި މަސްކޮޅު އަޅާ ކައްކަން ފަށާ. މަސްކޮޅު ރޯފިލީމަ މީގެތެރެއަށް ސޮސެޖް އަޅާ ތިން މިނެޓެއްވަރު ހާވަމުން ކައްކާލައްވާ. ދެން މިބައި ތައްޓަކަށް ނަގާފަ ބަހައްޓަވާ.
3-ތެލި ތެރެއަށް ސަމްސަލެއްހާ ތެޔޮއަޅާ ހޫނުވެލީމަ ބިސް އަޅާ ބިސްކޮޅު ހާވަމުން ސްކްރެންބަލް ކޮށްލައްވާ. ބިސްކޮޅު ކެކުނީމަ މަސްކޮޅު ތެރެއަށް ނަގާފަ ބަހައްޓަވާ.
4-ދެން ތެއްޔަށް ދެ ސަމްސަލެއްހާ ތެޔޮއަޅާލައްވާ. މީގެތެރެއަށް ލޮނުމެދު އަދި ސްޕްރިންގް އަނިއަންގެ ހުދުބައި އަޅާ އެއްކޮށްލައްވާ މިނެޓެއްވަރު ތެއްލާލެވުނީމަ ހިކިމިރުސްކޮޅު އަޅާ އެއްކޮށްފަ މިނެޓެއްވަރު ފްރައި ކޮށްލައްވާފަ ގިތެޔޮމިރުސް އަޅާ އެއްކޮށްލައްވާ.
5-ދެ ވައްތަރުގެ ސޯޔާ ސޯސް، މެގީކިއުބް ފެން އަދި ޓޮމާޓޯކެޗަޕް އަޅާ އެއްކޮށްލައްވާ. ސޯސްކޮޅު ތިރީސް ސިކުންތު ވަރު ކެކުނީމަ ބަތް އަޅާ އެއްކޮށްފަ ބަތްކޮޅު ފަރައި ކޮށްލައްވާ، ގަތްގަނޑަކަށް ތިން މިނެޓް.
6-ބަތްކޮޅު ތެރެއަށް މަސްކޮޅާ ބިސް އަޅާ އެއްކޮށްލައްވާ. ދެން ސްޕްރިންގް އަނިއަންގެ ފެހިބައި އަޅާ އެއްކޮށްފަ ކޭންބައްލަވާ.