ބެންޓޯބޮކްސް ކޭކްއަކީ 3 ނޫނީ 4 އިންޗި ކުދި ކޭކް އަކަށް ކިޔާ މަނެކެވެ. މި ކޭކް ޕެކްކޮށްފަ ހުންނަނީ ކުދި ލަންޗްބޮކްސް ގައެވެ. މީ އެއްމެ މީހަކަށް ކާލެވޭ ވަރުގެ ކޭކްއެކެވެ. މިހާރު ސޯޝަލްމީޑިއީގަ މީ ވަރަށް މަޝްހޫރު ކޭކްއެކެވެ. ފަސޭހައިން ހަދާލެވޭ، ބޭނުން ޑިޒައިނަކަށް ކޭކްހަދާލާފަ ލޯބިގޮތަކަށް ޕެކްކޮށްލެވޭ ކޭކްއެކެވެ. ބެންޓޯބޮކްސް ކޭކް އީޖާދު ކުރީ 12 ވަނަގަރުނުގަ ޖަޕާންގަ ކަމަށް ވެއެވެ. ނަމަވެސް މިހާރު ސައުތް ކޮރެއާގަ މި ކޭކް މާ މަޝްހޫރު ކޭކްއަކަށްވެ މުޅި ދުނިޔެއަށް މިކޭކް ތަޢާރަފް ވީއެވެ. ސައުތް ކޮރެއާގެ ކެފޭ ތަކުގަޔާ ބޭކަރީތަކުގަ ހުސްނުވެ ގަންނަށް ލިބެން ހުންނަ ކޭކެއްކަމަށް ވެއެވެ.
އަޅުގަނޑު މި ލިޔެލަނީ ފަސޭހައިން މިކޭކް ހަދާލެވޭނެ ގޮތެވެ. މި ކޭކް ހަދާލަން ކޭކްގެ ބަދަލުގަ އަޅުގަނޑު ބޭނުންކޮށްލީ ލޭޑީފިންގާ ބީސްކޯދު އެވެ. ލޭޑީ ފިންގާ ބިސްކޯދަކީ ސްޕޮންޖް ބީސްކޯދެކެވެ. ސްޕޮންޖް ވީމަ ފަސޭހައިން ފޯވެ ކޭކްގެ ޓެކްޗަރ މި ބިސްކޯދަށް އާދެއެވެ. އަދި އަސިން އަކަށް ބޭނުންކޮށްލީ ވިޕިން ކްރީމްއެވެ. އެއީ ގިރާލަން ފަސޭހަ އަދި ސްޕޮންޖް ބިސްކޯދުގެ ރަހަ މީރިކޮށްލަދޭނެ ކްރީމް އަކަށް ވާތީއެވެ.

ބޭނުންވާނެ ތަކެތި
400 އެމް އެލް ފިނި ވިޕިން ކްރީން
1/2 1 ސައިސަމްސާ ވެނީލަރއެސެންސް
3 މޭޒުމަތީސަމްސާ ހަކުރު
ލޭޑީ ފިންގާ ބިސްކޯދު
1 ޖޯޑު އެވަޕަރޭޓަޑް މިލްކް ނޫނީ ފުލްކްރީމް މިލްކް
3 މޭޒުމަތިސަމްސާ ގެރިކިރު
ބޭނުންފުޅުވާ ވައްތަރެއްގެ ބެރީސް ނޫނީ ފުރުޓްސް (ކުދިކޮށް ކޮސާފަ)
އެކި ކުލައިގެ ފުޑް ކަލާސް
ބޭންޓޯ ބޮކްސް
ތައްޔާރުކުރާނެގޮތް
1-ވިޕިން ކްރީމް، ވެނީލަރއެސެންސް އަދި ހަކުރު އެއްކޮށްފަ އައިސިން ހުންނަވަރަށް ގިރެންދެން ގިރާލައްވާ. މީގެން 3 ބައިކޮށްފަ އެއްބައިގެ ވިޕިން ކްރީމް އަށް ބޭނުން ފުޅުވާ ކުލައެއްކޮށްފަ ޕައިޕިން ބޭގްސް އަށް އަޅާފަ ބަހައްޓާ.
2-މިލްކް ތެރެއަށް ގެރިކިރު އަޅާ އެއްކޮށްފަ ބަހައްޓާ.
3-ބެންޓޯ ބޮކްސް ނަގާފަ ތިރިއަށް އިންނަފަޅީގެ އަޑީގަ ތުނިކޮށް ވިޕިން ކްރީމް ލޭޔަރ އެއް ފަތުރާލައްވާ. މީގެ މައްޗަށް ފުރުޓްސް ނޫނީ ބެރީސް އަތުރާލާ. ދެން ލޭޑީފިންގާ ބިސްކޯދު ކިރަށް ލާފަ ފަސްސިކުންތު ކޮށްފަ ނަގާ ޖެހިޖެހިގެން ބެރީސްކޮޅު މަތީ އަތުރާލައްވާ.
4-އަތުރާލި ލޭޑީފިންގާ މަތީ ވިޕިންކްރީމް ބޮކްސް ގެ މަތިނިވާވާވަރަށް އަޅާފަ ފަތުރާ އޮމާންކޮށްލައްވާ. ދެން ކުލަ އެއްކޮށްލި ވިޕިން ކްރީމް ނޫނީ ބެރީސް އަދި ފުރުޓްސް ބޭނުން ކޮށްގެން އެ ބޭފުލަކަށް ރީތިގޮތަކަށް ޑިޒައިން ކޮށްލައްވާ.
5-ބެންޓޯ ބޮކްސް ކޭކްތަށް ހެދުމުން ފްރިޖްގަ ބަހައްޓަވާ.
