ކާމަރަނގަ

މި ރެސިޕީއިން ވަރަށްގިނަ ކާމަރަނގަ ހެދޭނެ / ތައްޔާރުކޮށްލަން ނަގާނެވަގުތު: 2 ގަޑިއިރު

ބޭނުންވާނެ ތަކެތި

ފުށްގަނޑު
2 ޖޯޑު ފެން
4 ސައިސަމްސާ ވެޖްޓަބަލް ތެޔޮ
2 ސައިސަމްސާ ވެނީލާއެސެންސް
2 ޖޯޑު ފުށް
ސިރަޕް
2 ޖޯޑު ހަކުރު
11/2 ޖޯޑު ފެން ( ދޮޅު ޖޯޑު )
5 ކާފޫރު ތޮޅި
3 އިންޗި ފޮނިތޮށި
1 މޭޒުމަތީސަމްސާ ލިކުއިޑް ގުލްކޯޒް ނޫނީ 2 މޭޒުމަތީސަމްސާ މާމުއި
2 ސައިސަމްސާ ލުނބޯހުތް’

ތައްޔާރުކުރާނެގޮތް

1-ސިރަޕްކޮޅު ހަދާލުމަށް ތެއްޔަކަށް ހަކުރު، ފެން، ކާފޫރު ތޮޅި، ފޮނިތޮށި އަޅާ ހަކުރު ކޮޅު އެއްކޮށް ފެން ތެރޭ ގިރެންދެން ކައްކާ، ހަކުރު ގިރުނީމަ ލުނބޯހުތް އަދި ލިކުއިޑްގުލްކޯޒް ނޫނީ މާމުއި އަޅާ ސިރަޕް ކައްކަން ފަށާ.
2-ސިރަޕް ކެކި ދެބައިކުޅަ އެއްބަޔަށް މަދުވީމަ ސިރަޕްކޮޅު އުނދުންމަތިން ބާލާ ހިހޫންކުރަން ބަހައްޓަވާ.
3-ފުއްކޮޅު ހަދާލުމަށް ތެއްޔަކަށް ފެން، ތެޔޮ އަދި ވެނީލާއެސެންސް އަޅާ ކައްކަން ފަށާ، ފެންކޮޅު ތެލީ ކައިރިން ކުޑަކޮށް ބޮކިފެންނަށް ފެށީފަ އުނދުން ވަރަށް މަޑުކޮށްފަ ފުއްކޮޅު އަޅާ އެއްކޮށްލަން ފަށާ ފުއްކޮޅު އެއްވީމަ އުނދުން މަތިން ތެލިބާލާ.
4-ފުންކޮޅު ފުށްމޮޑޭ ތައްޓަށް ނޫނީ މެޓެއްމައްޗަށް ލާ ފުއްގަނޑު މަޑުމަޑުން އަތްލެވޭ ވަރަކުން މޮޑެން ފަށާ. ފުށްގަނޑު ވަރަށް ހޫނުވީމަ މްޑެލަން އުނދަގޫވާނެ. ފުށްގަނޑު މަޑުމަޑުން މޮޑެމުން އޮމާންވަންދެން މޮޑެލައްވާ.
5-ފުށްގަނޑު އޮމާންވީމަ ފުށްގަނޑު ޒިޕްލޮކް ބޭގް އަކަށް ނޫނީ މަތިޖެހޭ ތަށްޓަކަށް ލާފަ ބާއްވާ. ދެން ބޮޑު ސްޓާ ނޮޒުލްއެއް ޕައިޕިން ބޭގްއަކަށް ލައްވާފަ ބޭގްއަށް ލެވޭ ވަރުގެ ފުށްކޮޅެއް ނަގާ ޕައިޕިން ބޭގް އަށް ލާފަ ޓްރޭ އަކަށް ކާމަރަނގަ ބޭނުން ސައިޒަކަށް އެއް ފުއްކޮޅު އަނެއްފުއްކޮޅާ ނުޖެހޭގޮތަށް ޕައިޕްކޮށްލައްވާ.
6-ތަވަޔަކަށް ތެޔޮ އަޅާ ވަރަށް މަޑުގިނީގަ ހޫނުކުރަން ޖައްސަވާ. ތެޔޮގަނޑަށް ކުޑަ ފުއްކޮޅެއްލީމަ މަދުން ބޮކި އަރަންޏާ އެހެރީ ރަނގަޅަށް މާބޮޑަށް ބޮކިއަރަންޏާ އުނދުން މަޑުކޮށްލައްވާ.
7-ޕައިޕްކޮށްފަ ހުރި ކާމަރަނގަ ތެޔޮގަނޑަށް އަޅާ މަޑު ރަތްކުލަ އަރާލަންދެން ތެއްލަވާ. ދެދޭ ތެރެއިން ކާމަރަނގަ ފުށުން ޖަހާލަންވާނެ ދެފަރާތް އެއްވަރަށް ރަތްކުރުމަށް.
8-ކާމަރަނގަ ރަތްވުމުން ތެޔޮގަނޑުން ނަގާފަ ހިހޫންކޮށްފަ ހުރި ސިރަޕްއަށް ލާފަ ދެމިނެޓެއްވަރު ބަހައްޓާފަ ތަށްތަކަށް ނަގާ ކޭންބައްލާވާ.