ކުކުޅު ރިހަ

ސާވިންސައިޒް: 6-7 / ހަދާލަން ނަގާނެ ވަގުތު: 45 މިނެޓް

ބޭނުންވާނެ ތަކެތި

900 ގުރާމް ކުކުޅު. ކޮށާފަ ނޫނީ ކުކުޅު ފައި
2 ބޮޑު ފިޔާ، ކޮށާފަ
1 މޭޒުމަތިސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
3 ހިކަނދިފަތް، ފަތްތަށް އެކަނި
5 ރާނބާފަތްކޮޅު
ގިތެޔޮ މިރުހެއްގެ އެއްބައި، ކޮށާފަ
4 ކާފޫރު ތޮޅި
2 އިންޗި ފޮނިތޮށި
5 މޭޒުމަތީސަމްސާ ހަނާކުރި ހަވާދު ޕައުޑަރ
2 މޭޒުމަތިސަމްސާ ލޮނުމިރުސް ހަވާދު ޕައުޑަރ
2 މޭޒުމަތިސަމްސާ ޓޮމާޓޯޕޭސްޓް
1 މެގީ ކިއުބް
1 ސައިސަމްސާ ލޮނު
3 ޖޯޑު ކާށިކިރު
2 ޖޯޑު ކާށި ބޯކިރު
5 މޭޒުމަތިސަމްސާ ސަންފްލާވަރ އޮއިލް ނޫނީ ކުކިން އޮއިލް

ތައްޔާރުކުރާނެގޮތް

1-ތެއްޔަކަށް ތެޔޮ، ފިޔާ، އިނގުރު ލޮނުމެދު ޕެސްޓް، ހިކަނދިފަތް، ރާނބާ ފަތް، ފޮނިތޮށި، ކާފޫރު ތޮޅި އަދި ގިތެޔޮ މިރުސް އަޅާ ތެއްލަންފަށާ،
2-ފިޔާގަނޑު ރަތްވެލީމަ ޓޮމާޓޯޕެސްޓް، ހަނާކުރި ހަވާދު، ލޮނުމިރުސް ހަވާދު، ލޮނު އަދި މެގީކިއުބް އަޅާ އެއްކޮށްލައްވާ. މި ހަވާދުގަނޑު މިނެޓެއްވަރު ހާވަމުން ކައްކާލެވުނީމަ ކުކުޅު އަދި ކާށިކިރު އަޅާ އެއްކޮށްލައްވާ.
3-ކުކުޅު ރޯފިލަންދެން ކުކުޅު ރިހަ ކައްކާލައްވާ. ކުކުޅު ރޯފިލީމަ ބޯކިރު އަޅާ އެއްކޮށްފަ ކުކުޅު ރިހަ އުނދުން މަތިން ބާލާ.