ކުކުޅު ކުޅި ބޯކިބާ

ސާވިންސައިޒް:4-5 / ހަދާލަން ނަގާނެވަގިތު: ދޮޅު ގަޑިއިރު

ބޭނުންވާނެ ތަކެތި

1 ޗިކަން ބްރެސްޓް ފަޅި
1.5 ޖޯޑު ހަނޑޫ، 1 ރޭވަންދެން ފެނުއަޅާފަ
1 ބޮޑުފިޔާ، ކޮށާފަ
3 ހިކަނދިފަތް، ކޮށާފަ
1 މޭޒުމަތީސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
1 ގިތެޔޮމިރުސް ކޮށާފަ
4 ހިކިމިރުސް
2 ސައިސަމްސަ ލޮނުމިރުސް ޕޭސްޓް ނޫނީ ޕައުޑަރ
1 ޖޯޑު ކާށި ހުނި
1 ކިއުބް މެގީ
1 ލުނބޮލުގެ ހުތް
2 ސައިސަމްސަ ރީނދޫ
ލޮނު

ތައްޔާރުކުރާނެގޮތް

1-ތެއްޔަކަށް ދެ ޖޯޑު ފެން އަޅާފަ އުނދުންމަށްޗައް އުދާ، ދެން ޗިކަން ބްރެސްޓް ފެންތެރެއަށް ލާފަ ޗިކަން ބްރެސްޓް ރޯފިލަންދެން ކައްކަލައްވާ، މަސްކޮޅު ރޯފިލުމުން ފެނުންނަގާ ވިނުވާލާފަ ބަހައްޓަވާ،
2-ފެނުއަޅާފަ ހުރި ހަނޑުކޮޅު ފެނުން ނަގާއެހެން ތައްތަކަށް އަލާލައްވާ. ފެނުއަޅާފަ ހުރި ފެން އުކާނުލާ ބަހައްޓަވާ،
3-މިކްޗަރ ތަށި ތެރެއަށް ހަނޑޫ، ފިޔާ، ހިކަނދިފަތް، ގިތެޔޮމިރުސް، ހިކިމިރުސް އަދި މެގީކިއުބް އަޅާލާ ދެން މި މިކަޗަރ އޮލަކޮން ގިރޭވަރަށް ހަނޑުފެނުއެޅި ފެނުން ފެން، ތަށިތެރެއަށް އަޅާލައްވާ،
4-ހަނޑޫކޮޅު ރާޅުކޮށް ހުންނަވަރަށް މުގުރާލައްވާ. ދެން އެހެން ތައްޓަކަށް ހަނޑޫމިކްސްޗަރ އަޅާލައްވާ، މުގުރާލި ހަނޑުމިކްސްޗަރ އަށް ރީނދޫ، އިނގުރު ލޮނުމެދު ޕޭސްޓް، ހުނި، ލޮނުމިރުސް، ލުނބޯހުތް ލޮނު އަދި މަސްކޮޅު އަޅާ އެއްކޮއްލައްވާ.
5-އަށް އިންޗި ޓްރޭތެރޭ ކުޑަ ތެޔޮކޮޅެއް ހޭކުމަށްފަހު އެއްކޮށްލި ބޯކިބާ ފުށްގަނޑު އަޅާފަ ބޯކިބާ ފިހެވެންދެން ފިއްސަވާ.
6-ފިހެވުމުން އިރުކޮޅަކު ހިހޫންކޮށްލާފަ ބޯކިބާ ކޭންބައްލަވާ.