ސާވިން ސައިޒް: 2 / ހަދާލަން ނަގާނެވަގުތު: 1 ގަޑިއިރު

ބޭނުންވާނެ ތަކެތި
ޗިކަން
2 ޗިކަން ބްރެސްޓް
2 މޭޒުމަތީސަމްސާ އޮލިވްއޮއިލް
1/4 ސައިސަމްސާ ތެޅިމިރުސް
1/4 ސައިސަމްސާ ދިރި
1/4 ސައިސަމްސާ އޮރެގާނޯ
1 ސައިސަމްސާ އިނގުރު ލޮނުމެދު ޕެސްޓް
1/4 ސައިސަމްސާ ލޮނު
1/4 ސައިސަމްސާ އަސޭމިރުސް
ސެލެޑް
3 ރޯމޭނިއަން ލެޓިއުސް ފަތް، ބޮޑެތިކޮށް ކޮށާފަ
2 ޓޮމާޓޯ، ކޮށާފަ
2/1 ކިއުކަންބަރ
1 އެވަކާޑޯ ކޮށާފަ
1/2 ފިޔާ، ކޮށާފަ
ޑްރެސިން
1/4 ޖޯޑު އޮލިވްއޮއިލް
1/3 ޖޯޑު އޮރެނޖް ދިޔަ
1/2 ސައިސަމްސާ އަސޭމިރުސް
1/2 ސައިސަމްސާ ރާޅު ހިކިމިރުސް
1/4 ސައިސަމްސާ ލޮނު
ތައްޔާރުކުރާނެގޮތް
1-ކުކުޅު ހަދާލުމަށް ކުކުޅު ނޫން ބާކީހުރި ތަކެތި ތައްޓަކަށް އެޅުމަށްފަހު އެއްކޮށްލައްވާ. ދެން މި ބައި ކުކުޅު ބްރެސްޓްގަ އުނގުޅާލައްވާ. ތަވައެއް ހޫނުކޮށްފަ ކުކުޅުލައިގެން ކުކުޅު ރޯފިލާ ރަތްވަންދެން ކައްކާލައްވާ. ކެކުނީމަ ކުކުޅު ތައްޓަކަށް ލާފަ ކޮށާފަ ބަހައްޓަވާ.
2-ޑްރެސިންގެ ދަށުގައިވާ ތަކެތި ތައްޓަކަށް އަޅާ އެއްކޮށްލައްވާ.
3-ސެލެޑް ގެ ދަށުގައިވާ ތަކެތި އަދި އެއްކޮށްލި ޑްރެސިން ތައްޓަކަށް އަޅާ އެއްކޮށްލައްވާ، ސެލެޑް ސާވިން ތައްޓަށް އަޅާ ފަތުރާލައްވާ. ސެލެޑް ގެ ސައިޑްއެއްގަ ކުކުޅު އަތުރާލާފަ ސާވްކޮށްލައްވާ.
