އައިސްކްރީމް ފުރުޓްކޮކްޓެއިލް

ތައްޔާރުކޮށްލަން ނަގާނެވަގުތު: 5 ގަޑިއިރު / މީގެން 8 ސާވިން ނެގޭނެ

ބޭނުންވާނެ ތަކެތި

140 ގުރާމް އިންސްޓަންޓް އައިސްކްރީމް ޕައުޑަރ، ބޭނުން ފްލޭވަރއެއް، އަޅުގަނޑު އެޅީ ސްޓޯބެރީ (70 ގުރާމްގެ 2 ޕެކެޓް)
300 އެމްއެލް ވަރަށް ފިނި ފުލްކްރީމް މިލްކް
1 ދަޅު ގެރިކިރު
1 ދަޅު ކުޑަ ފުރުޓްކޮކްޓެއިލް، ސިރްޕް ފުރާނާފަ
ފްރެޝް ފުރުޓްސް ކުދިކޮށް ކޮށާފަ ( އަޅުގަނޑު އެޅީ. 1 އާފަލު، 1 ބޮޑު އަނބު، 7 ވައް ދޮންކެޔޮ، 300 ގުރާމް މޭބިސްކަދުރު)


ތައްޔާރުކުރާނެގޮތް

1-ބޯތައްޓަކަށް ކިރު އަދި އައިސްކްރީމް ޕައުޑަރ އަޅާ އެއްކޮށްފަ މި މިކްސްޗަރ ތިން ގުނަޔަށް އޮލަވެ ގިނަވަންދެން ގިރާލައްވާ. ގާތްގަނޑަކަށް ތިން މިނެޓްވަންދެން. މި މިކްސްޗަރ ފްރިޖްގަ ގަޑިއިރެއް ވަރު ބާނދާ.
2-ފްރިޖަށް ލީ އައިސްކްރީމް މިކްސްޗަރ ނަގާ ގެރިކިރު އަޅާފަ އެއްކޮށްލައްވާ. ދެން ފުރުޓް އަދި ފުރުޓްކޮކްޓެއިލް ދަޅު އަޅާ އެއްކޮށްލައްވާ.
3-ރަނގަޅައް އެއްވުމުން ތަށީގެ މަތިބަންދުކޮށްފަ ތިން ގަޑިއިރު ފްރިޖްގަ ބޭނދުމަށްފަހު ސާރވްކޮށްލައްވާ.