އާމަންޑް ފްލާ ކޭކް

ސާވިންސައިޒް: 6 / ތައްޔާރުކޮށްލަން ނަގާނެވަގުތު: 1 ގަޑިއިރު

އާމަންޑް ފްލާކޭކްމީ ފުށްބޭނުން ނުކޮށް ހުސް މުގުރި އާމަންޑް ފުށުގެ ބަދަލުގަ އަޅައިގެން ހަދާ ކޭކްއެކެވެ. މީ ވަރަށް މަޑު ތެތްކޮށް ހުންނަ މީރު ލުއި ކޭކް އެކެވެ. މި ކޭކް އަށް ފްރެންޗް އާމަންޑް ކޭކް އޭވެސް ކިޔައެވެ. އީދު ދުހުގެ ހެނދުނު ސަޔަށް ތަށްޔާރުކޮށްލަން ވަރަށް ކަމުދާނެއެވެ.

ބޭނުންވާނެ ތަކެތި

3/4 1 ޖޯޑު އާމަންޑް ފްލާ (މުގުރި އާމަންޑްސަ)
5 ބޮޑު ބިހުގެ ރީނދޫބައި
5 ބޮޑުބިހުގެ ހުދުބައި
1/2 ޖޯޑު އާ 2 މޭޒުމަތިސަމްސާ ހަކުރު
1 ސައިސަމްސާ ވެނީލަރއެސެންސް
1/3 ޖޯޑު ފުލްކްރީމް މިލްކް

ތައްޔާރުކުރާނެގޮތް

1-ބިހުގެ ރީނދޫބައި، ވެނީލާއެސެންސް ބޯތަށްތަކަށް އެޅުމަށްފަހު އެއްކޮށްލައްވާ. މީގެތެރެއަށް އާމްންޑްފުށް އަދި ފުލްކްރީމް މިލްކް އަޅާ ރަނގަޅަށް އެއްކޮށްފަ ބަހައްޓާ.
2-ސާފު ބޯތަށްޓަކަށް ބިހުގެ ހުދުބައި އަދި ހަކުރު އަޅާ ގިރަންފަށާ، ގިރާނީ ބިސް ހުދުވެ 3 ގުނަޔަށް ގިނަވެ ބިހުގެ ހުދުބައިން ރަނގަޅަށް ރޮނގު އެނގޭވަރަށް.
3-ބިހުގެ ހުދުބައި ގިރުނީމަ ހުދުބައިގެ 3 ބައިކޮށްފަ 1 ބައި އާމަންޑް އެއްކުރި ތަށްޓަށް އަޅާ ފޯލްޑްކޮށްލައްވާ (މި ސްޓޭޖް ގިރާ މިކްސްޗަރއިން ގިރައިގެން ނުވާނެ ސަމްސަލެއް ބޭނުންކޮށްގެން ފޯލްޑް ކޮށްލައްވާ.)
4-ދެން ހުރި ބިހުގެ ހުދު ބައި 2 ފަހަރު މަތިން އާމަންޑް ބަޔަށް އަޅާ ފޯލްޑްކޮށްލައްވާ.
5-ހަތް އިންޗި ޓްރޭ އެއްތެރޭ ބޭކިންޕޭޕަރ އަޅާފަ ކޭކް ފުށް އަޅާލާ.
6-އަވަން 180 ޑިގްރީސްލްސިއަސް އަށް 10 މިނެޓް ހޫނުކޮށްފަ ކޭކް ޓްރޭ ލައިހެން 20 މިނެޓް ފިއްސަވާ. ފިހެވުނުކަން ޔަގީންކުރާނީ ކޭކް މެދަށް ޓޫތޮޕިކެއް ހަރާލާފަ ނަގާއިރު ސާފުކޮށް އިނދެއްޖެއްޔާ އެހެރީ ފިހެވިފަ.
7-ކޭކްފިހެވުމުން އެއްކޮށްހިހޫންކޮށްފަ ސާރވްކޮށްލާ.

ނޯޓް:
1-ބިހުގެ ހުދުބައި ވަކިކޮށްއަޅާ ތަށީގަ އެއްވެސް ވަރަކަށް ފެންހުރެގެން ނުވާނެ، އަދި ގިރާ ތަށްޓާ ބީޓަރ ވެސް ހުންނަށް ޖެހޭނީ ހިކިކޮށް. އަދި ބިހުގެ ހުދުބަޔަށް އެއްވެސް ވަރަކަށް ބިހުގެ ރީނދޫބައި އެޅުނަ ދީގެން ނުވާނެއެވެ.