އެގް ކަރީ ޕަފް

ސާވިން ސައިޒް: 3 / ހަދާލަން ނަގާނެ ވަގުތު: ދޮޅުގަޑިއިރު

ބޭނުންވާނެ ތަކެތި

ފުށްގަނޑު
250 ގުރާމް ފުށް
1/2 ސައިސަމްސަ ލޮނު
45 އެމް އެލް ވެޖްޓަބަލް އޮއިލް
ފުއްގަނޑު މޮޑެވޭވަރަށް ފެން
މަސްގަނޑު
1 ކުކުޅު ބްރެސްޓް، ކުދިކޮށް ކޮށާފަ
1 މެދުސައިޒް ފިޔާ، ކުދިކޮށް ކޮށާފަ
1/2 ގިތެޔޮމިރުސް ކޮށާފަ
1 ސައިސަމްސަ އިނގުރު ލޮނުމެދު ޕޭސްޓް
1 މޭޒުމަތީސަމްސާ ކުކުޅު ހަވާދު
1/2 މޭޒުމަތިސަމްސާ ލޮނުމިރުސް ހަވާދު ޕައުޑަރ
1 މޭޒުމަތިސަމްސާ ޓޮމާޓޯޕެސްޓް
1/2 މެގީ ކިއުބް ( މެގީކިއުބް އެއްގެ އެއްބައި)
2 އަލުވި، ފެނުކައްކާ ޗިސްކޮށްފަ
1/2 ޖޯޑު ކޮރިއެންޑަރ ފަތް، ކޮށާފަ
4 މޭޒުމަތީސަމްސާ ކުކިން އޮއިލް
ކަރީ ޕަފް ހެދުމަސް
5 ބިސް ފެނުކައްކާ ދެބައި ކޮއްފަ
ޕަފް ތައް ތެއްލޭވަރަށް ތެޔޮ

ތައްޔާރުކުރާނެގޮތް

1-ފުއްގަނޑު ދަށުގައިވާ ތަކއތިގެ ތެރެއިން ފެން ނޫން ދެން ހުރި ތަކެތި ބޯތައްޓަކަށް އެޅުމައްފަހު އެއްކޮށްލައްވާ، ދެން ފެން މަދު މަދުން އަޅާ އަތުގަ ތަތްނުލަވާވަރުގެ ފުއްގަނޑެއް މޮޑެލައްވާ. މޮޑެވުމުން މަތީ ފޮތިކޮޅެއް އަޅާފަ ބަހައްޓަވާ.
2-މަސްކޮޅު ހަދާލުމައް ތެއްޔަކަށް ތެޔޮކޮޅު އަޅާ ހޫނުކޮށްލައްވާ. ދެން ފިޔާ، އިނގުރުލޮނުމެދު ޕޭސްޓް އަދި މިރުސް އަޅާ ފިޔާކޮޅު މޯޅިވެލަންދެން ތެއްލާލައްވާ. ދެން ކުކުޅުމަސް، ކުކުޅު ހަވާދު، މެގީކިއުބް އަދި ޓޮމާޓޯޕޭސްޓް އަޅާ އެއްކޮށްފަ މަސްކޮޅު ރޯފިލަންދެން ކައްކާލައްވާ.
3-ދެން އަލުވި އަޅާ އެއްކޮށްފަ ކޮރިއެންޑަރފަތް އަޅާ އެއްކޮށްލައްވާ، ލޮނު ހެޔޮވަރުކޮށްފަ މަސްކޮޅު ތައްޓަކަށް ނަންގަވާފަ ބަހައްޓަވާ.
4-ފުއްގަނޑު ޓީޓީ ބޯލްސައިޒައް ބަހާލައްވާ. ކޮންމެ ފުއްކޮޅެއް ކުޑަ ރޮއްޓެއްވަރަށް ދަމާލައްވަ. ދެން ރޮށީގެ މެދައް ބިސްފަޅިއެއްލާފަ މީގެ ތެރެއަށް ސަމްސަލެއްގެ މަސްއަޅާފަ ޕެޓީސްބަންދު ކުރައްވާގޮތަށް އެގް ކަރީ ޕަފް ހައްދަވާ.
5-މަސްކޮޅު ހުސްވަންދެން ޕަފް ހެދުނީމަ ބޮޑު ތެއްޔަކައް ތެޔޮއަޅާ ހޫނުކޮށްލައްވާ. ދެން ހަދާލި ޕަފްތައް ތެޔޮގަނޑަށް ލާފަ ރަތްވަންދެން ތެއްލާލައްވާ. ތެއްލުމުން ކޭންބައްލަވާ.