މީގެން ހެދޭނީ: 10 ކަވާބުވަރު / ތައްޔާރުކޮށްލަން ނަގާނެވަގުތު: 30 މިނެޓް / ތެއްލާލަން: 30 މިނެޓް
މާޅަސްކެޔޮ ކަވާބުމީ އެއްވެސް ފުށެއްނާޅާ އަޅުގަނޑު ހަދާލި ކަވާބެކެވެ. ނަމަވެސް މި ކަވާބު ރޫޅުނަ ނުދުނުމަށް ބިހެއް ލީމެވެ. މީ މިހާތަނަށް އަޅުގަނޑު ހެދި އެއްމެމީރު އެއްހެދިކާއެވެ. މިއަށް އަޅުގަނޑު ސްޓޮކްޕަޢުޑަރ ކޮޅެއް އެޅީމެވެ، ސްޓޮކްޕައުޑަރ ނެތިއްޔާ ނޫޑްލްސް ސޫޕްކޮޅެއް އެޅިމަވެސް މީރުވާނެއެވެ. މިކަވާބު ފިހެގެންވެސް ނޫނީ އެއަރފްރަޔަރ ގަ ފިހެލީމަވެސް މީރުވާނެއެވެ.

ބޭނުންވާނެ ތަކެތި
ބޭނުންވާނެތަކެތި
300 ގުރާމް މާޅަސްކެޔޮ، މަޑުކޮށްފަ
1/2 ޖޯޑު ހުނި
1 ދަޅު މަސް، ތެޔޮ ނޫނީ ފެން އޮށްސާލާފަ
1 ބިސް
1 މެދުސައިޒް ފިޔާ، ކޮށާފަ
1/2 ގިތެޔޮމިރުސް ކޮށާފަ
2 މޭޒުމަތީސަމްސާ ކޮށާފަހުރި ހިކަނދިފަތް
1/2 ލުނބޮލުގެ ހުތް
1 ސައިސަމްސާ ސްޓޮކްޕައުޑަރ
1/2 ސައިސަމްސާ ލޮނު
ތެޔޮ
ތައްޔާރުކުރާނެގޮތް
1-ތަށްޓަކަށްފިޔާ، ހިކަނދިފަތް، ގިތެޔޮމިރުސް. ލޮނު އަދި ލުނބޯހުތް އެއްކޮށްފަ މޮޑެލައްވާ، މީގެ ތެރެއަށް ހުނި އަދި ދަޅުމަސް އަޅާ މޮޑެލައްވާ.
2-ދެން މާޅަސްކެޔޮ، ބިސް އަދި ސްޓޮކްޕައުޑަރ އަޅާ މޮޑެލައްވާ. ރަނގަޅަށް މޮޑެވުމުން ޓިޓި ބޯޅައެއްހާ މަސްނަގާ ކަވާބުހައްދަވާ، ފުށްއެއްކޮށް ހުސްވަންދެން ކަވާބުހައްދަވާ.
3-ތެޔޮ ތާހަކަށް އަޅަ ހޫނުކޮށްލާ، ތެޔޮގަނޑު ވަރަށް ހޫނުވީމަ ކަވާބު އަޅާ ރަތްވަންދެން ތެއްލާލައްވާ.
