ސާވިން ސައިޒް: 4-5 / ހަދާލަން ނަގާނެވަގުތު: 30 މިނެޓް
ރަވާމީ އަޅުގަނޑުމެން ސޫޖީހަދަން ބޭނުންކޮށްއުޅޭއެއްޗެކެވެ. ނަމަވެސް މިފަހަރު ވަރަށް ތަފާތު ފަސޭހަ އަދި އެހާމެ މީރު ފޮނި އެއްޗެއް ރަވާއިން އަޅުގަނޑު މިއޮތީ ހަދާފައެވެ، މީ މޫސްއެކެވެ. މޫސްއެއްކަމަށް އަޅުގަނޑު ނިންމީ މި މިކްސްޗަރ ގިރީމަ ދެގުނަޔަށް އިތުރުވެފަ ކްރީމީވާތީއެވެ. އީދުދުވަހު ހަދާލަން ވަރަށް މީރު ތަފާތު ފޮނިއެއްޗަކަށް ވާނެއެވެ.

ބޭނުންވާނެ ތަކެތި
400 ގުރާމް ފްރޯޒަން ބެރީސް
500 އެމް އެލް ފެން
100 ގުރާމް ހަކުރު
100 ގުރާމް ރަވާ
ތައްޔާރުކުރާނެގޮތް
1- ތެއްޔަކަށް ބެރީސް އަދި ފެން އަޅައިގެން ބެރީސް މަޑުވަންދެން ކައްކާލައްވާ. ކެކުނީމަ ބެރީ ތަށް ހޭންޑް ބްލެންޑަރ އެއް ބޭނުން ކޮށްގެން ޕިއުރީކޮށްލައްވާ. ދެން ފުރާނާފަ ތެއްޔަށްއަޅާލާ.
2-ފުރާނާލި ބެރީ ޕިއުރީ ތެރެއަށް ހަކުރު އަޅައިގެން ހަކުރު ވިރެންދެން ކައްކާލާ.
3-ހަކުރު ވިރުނީމަ ރަވާ މަދު މަދުން އަޅަމުން އެއްކޮށްލައްވާ، ބެރީމިކްސްޗަރ އޮލަވީމަ އުނދުންމަތިން ބާލާ ވޯޓަރ ބާރތް އަކަށް ތެލި ނޫނީ ބޯތަށްޓެއް ލާފަ މީގެތެރެއަށް ބެރީމިކްސްޗަރ އަޅާލައިގެން ހައިސްޕީޑް ގަ ހޭންޑް މިކްސްޗަރ އިން ގިރަންފަށާ، ގިރާނީ ބެރީރަވާ މިކްސްޗަރ ކްރީމީވެ ދެ ގުނަޔަށް އިތުރުވަންދެން، މި ސްޓޭޖްއަށް ގިރެން ވަގުތު ނަގާނެއެވެ.
4-ގިރުނީމަ ތަށި ތައްޓަށް އަޅާފަ ސާވް ކޮށްލާ ނޫނީ ފިނިކޮށްފަ ސާވްކޮށްލައްވާ.
