މިލްކީވޭ ކްރީމް ބަންސް

ސާވިން ސައިޒް: 6 / ތައްޔާރުކޮށްލަން ނަގާނެ ވަގުތު: 2 ގަޑިއިރު

ބޭނުންވާނެ ތަކެތި

ފުށްގަނޑު
390 ގުރާމް ބްރެޑް ފުށް
1 މޭޒުމަތިސަމްސަ އިންސްޓަންޓް އީސްޓް
2 މޭޒުމަތީސަމްސާ ހަކުރު
1 ސައިސަމްސަ ލޮނު
1 ބިސް
4 މޭޒުމަތިސަމްސާ ހިކިކިރު
4 މޭޒުމަތީސަމްސާ ތެޔޮ
1 ޖޯޑު ތާފަނާ ފެން
މިލްކް ފިލިން
1 ޖޯޑު ހިކި ކިރު
ގެރިކިރު (ހިކި ކިރުކޮޅު އެއްކޮށްލެވޭ ވަރަށް)
ބަނަސް މަތީއުނގުޅުމަށް
1 ބިސް
1 މޭޒުމަތީސަމްސާ ފެން
ބަނަސްމައްޗަށްއެޅުމައް
ގެރިކިރު

ތައްޔާރުކުރާނެގޮތް

1-ފުއްގަނޑައް ބޭނުންވާ ހުރިހާ އެއްޗެއް ސްޓޭންޓް މިކްސަރ ތަށްޓައް އަޅާލައްވާ. ދެން ވިހި މިނެޓް ވަންދެން ފުއްގަނޑު މޮޑެލައްވާ. ވިހިމިނެޓް މޮޑެވުމުން ބޮޑު ބޯތައްޓެއްގަ ތެޔޮކޮޅެއް އުނގުޅާލައްވާ.
2-ފުށްގަނޑު މޮޑުނު ތަށިތެރޭން ނެގުމައްފަހު ފުއްގަނޑު އޮމާންކޮއް ވައްކޮށްފަ ތެޔޮ ހާކާލި ތަށިތެރެއަށް ލާފަ ތަށި މަތިބަންދުކޮށްފަ އެއްގަޑިއިރު ވަންދެން ބާނދާ.
3-ފިލިން ހެދުމަށް ހިކިކިރުކޮޅު ތެރެއަށް މަދު މަދުން ގެރި ކިރު އަޅާ އެއްކުރައްވާ. ހިކިކިރުކޮޅު އެއްކޮށް އެއްވީމަ ގެރިކިރު އެޅުން ހުއްޓާލައްވާ. ދެން ފިލިން ބަހައްޓާ.
4-އެއްގަޑިއިރު ވުމުން ފުއްގަނޑު ނަގާފަ ޓީޓީ ބޯޅަ ސައިޒަށް ވުރެއް ތަންކޮޅެއް ކުޑަ ގުޅަޖައްސަވާ، ދެން ފުއްގުޅައެއް ނަގާ ޑައިމީޓަރ ދެ އިންޗި ގެ ސައިޒަށް ފަތުރާލައްވާ، ނޫނީ ދަމާލާ. ދެން ބައި ސަމްސާ ފިލިން ދަމާލި ފުއްކޮޅު މެދުގަ ބާއްވާފަ ފުއްކޮޅުގެ ކައިރިފަށް ފިލިން މައްޗަށް ނަގާ ފިލިން ފޮރުވާފަ އޮމާން ކުޑަ ބަނަހެއް ހައްދަވާ. ބަނަސް އޮމާންކޮއްލައްވާފަ ސާފުތަނެއްގަ ބާއްވާ.
5-މި ބުނެދިންގޮތަށް ކުދި ބަނަސްތަކެއް ހައްދަވާ. ހުރިހާ ފުއްކޮޅުން ބަނަސް ހެދުނީމަ 10 އިންޗި ޓްރޭއެއްތެރޭ ބޭކިންޕޭޕަރ އަޅާފަ ބަނަސްތަށް ޓްރޭގެ މެދުން ފެށިގެން ވައްކޮށް ޓްރޭތެރޭ ބަނަސް ޖެހިޖެހިގެން އަތުރާލައްވާ،
6-ހުރިހާ ބަނަހެއް އެތުރުނީމަ ޓްރޭ މަތި ފޮތިކޮޅަކުން ނޫނީ ކްލިންގް ވްރެޕް އަޅާ ބަންދުކޮށްފަ ޓްރޭ ތިރީސް މިނެޓް ވަންދެން ބާންދަވާ.
7-ބަނަސްމަތީ އުނގުޅުމަށް އިންބައިދަށުގަ އިން ބިހާ ފެން ތައްޓަކަށް އަޅާ އެއްކޮށްލައްވާ. ދެން އަވަން 160 ޑިގްރީސެލްސިއަސް އަށް ހޫނުކުރައްވާ.
8-ޓްރޭ އަށް ބަނަސްތައް ބެހެއްޓިތާ 30 މިނެޓް ވީމަ ޓްރޭ މަތީއޮތް ފޮތިކޮޅު ނަގާފަ ބަނަސްތައްމަތީ ހަދާލި އެގް ވޮޝް ހާއްކަވާ. ބަނަސްޓްރޭ އަވަންއައްލައިގެން ބަނަސްތަކުގެ މަތި ރަތްވަންދެން ފިއްސަވާ.
9-ފިހެނިމުމުން ޓްރޭ އަވަންއިން ނަގާ ހިހޫންކޮށްލަން ބާންދާ. އެއްކޮށް ހުހޫންވީމަ ބަނަސްތަށް ސާވިންތައްޓައް ނަގާލައްވާ. ދެން ބަނަސްމައްޗަށް ގެރުކިރު އަޅާފަ ސާރވްކޮށްލައްވާ.