
ބޭނުންވާނެ ތަކެތި
250 ގުރާމް ތުނިކޮށް ކޮށާފަ ހުރި ފޯއް
80 ގުރާމް ފޮނިތޮށި، ހަނާކުރެވޭވަރަށް ކުދިކޮށްފަ
60 ގުރާމް ފޮނިތޮށި
1/2 ޖޯޑުގެ ކުދިކޮށް ކޮށާފަ ހުރި ރާނބާފަތް
200 އެމް އެލް ލިކުއިޑް ސްވީޓްނަރ (ފޮނި ރަހަ އެބޭފުޅަކަށް ރަނގަޅުވަރަށް ބެހެއްޓޭނެ)
ތައްޔާރުކުރާނެގޮތް
1-ފޮނިތޮށި އަދި ކާފޫރުތޮޅި ތެއްޔަކަށް އަޅާ ހަނާކޮށްލައްވާ. ހަނާވުމުން އެއްކޮށް ހިހޫންވަންދެން ބަހައްޓަވާ،
2-ފޮނި ތޮށި ކާފޫރު ތޮޅިކޮޅު ވަރަށް ހިމޫންވަންދެން މުގުރާލައްވާ. މުގުރުނީމަ ފުރާނާލާފަ ބަހައްޓަވާ.
3-ބޮޑު ބޯތައްޓަކަށް ފޯއް، ރާނބާފަތް އަދި ލިކުއިޓް ސްވީޓްނާ އަޅާ އެއްކޮށްލައްވާ. ދެން ފޮނިތޮށި ކާފޫރުތޮޅި ޕައުޑަރ އަޅާ ރަނގަޅައް އެއްކޮށްލައްވާ.
4-ޓްރޭއެއްތެރޭ ފޯއް މިކްސްޗަރ އަޅާ ފަތުރާލައްވާ.
5-އަވަން 180 ޑިގްރީސެލްސިއަސްގަ ފޯއް މުރަނަވަންދެން ފިއްސަވާ. ގާތް ގަނޑަކަށް 45 މިނެޓާ 1 ގަޑިއިރާ ދެމެދު.
6-ފޯއްކޮޅު މުރަނަވުމުން އަވަން އިން ޓްރޭނަގާ އެއްކޮށް ހިހޫންވަންދެން ބަހައްޓަވާ. ހިހޫންވީމަ މަތިޖެހޭ އެއްޗަކަށް އަޅާފަ ބަހައްޓަވާ.
