ދަޅު އަލަނާސި ހަލުވިދާ

ސާވިން ސައިޒް: 5-6 / ހަދާލަން ނަގާނެ ވަގުތު: 30 މިނެޓް

ބޭނުންވާނެ ތަކެތި

3 ޖޯޑު ފެން
1 ދަޅު އަލަނާސީގެ ސިރަޕް
1 ދަޅު އަލަނާސީގެ އަލަނާސިކޮޅު، ކުދިކޮށް ކޮށާފަ
1 ދަޅު ގެރިކިރު
އަގަރު އަގަރު ބޮނޑިއެއްގެ ހަތަރުބައިކޮށްފަ ތިން ބައި

ތައްޔާރުކުރާނެގޮތް

1-ފެން ތެއްޔަކަށް އަޅާ ކައްކަން ފަށާ، ފެނުން ބޮކިޖަހަން ފެށީމަ އަގަރު އަހަރު އަޅާ އެއްކޮށްލައްވާ.
2-ފެން ފޮދު ތެރޭ އަގަރު އަގަރު ގިރުނީމަ ސިރަޕް، އަލަނާސި އަދި ގެރިކިރު އަޅާ އެއްކޮށްލައްވާ.
3-މިނެޓެއްވަރު ހަލުވިދާ ކެކުނީމަ އުނދުން މަތިން ތެލި ބާލާފަ ޓްރޭ ތެރެއަށް ކައްކާލި ހަލުވިދާ އަޅާ ލައްވާ.
4-ހަލުވިދާ އެއްކޮށް ހިހޫނވަންދެން ބާނދާ، ހިހޫނވީމަ ފްރިޖްގެ ފިނިކުރާބައިގަ ތިން ގަޑިއިރު ބޭނދުމަށްފަހު ކަފާފަ ކޭނބައްލަވާ.