ތަންދޫރީ ކަޓްލަޓްސް

ސާވިން ސައިޒް: 4-6 / ތަށްޔާރުކޮށްލަން ނަގާނެ ވަގުތު: ދޮޅު ގަޑިއިރު

ބޭނުންވާނެ ތަކެތި

މަސްކޮޅު މެރިނޭޓް
1 ޗިކަން ބަރެސްޓްސް ނޫނީ 250 ގުރާމް ބޯންލަސް ކުކުޅު
1 ސައިސަމްސާ ތަންދޫރީ މަސާލާ
1 ސައިސަމަސާ ރާޅުހިކިމިރުސް
1/2 ސައިސަމްސާ ރީނދޫ
1 ސައިސަމްސާ އިނގުރު ލޮނުމެދު ޕެސްޓް
2 މޭޒުމަތިސަމްސާ ޕްލޭން ޔޯގަޓް
1/2 ޖޯޑު ފެން
1/2 މެގީކިއުބް
3 މޭޒުމަތިސަމްސާ ވެޖްޓަބަލް އޮއިލް
ކަޓްލަސް ހަދާލުމަށް
ވިނުވާފަ ހުރި ކުކުޅު ކޮޅު
ކުކުޅު ރޯފިލުވާލި ތެލީގަ ހުރި ގްރޭވީ ކޮޅު
1 ބޮޑު ފިޔާ، ކުދިކޮށް ކޮށާފަ
ރަހަލާވަރަށް ގިތެޔޮމިރުސް ކޮށާފަ
1/3 ޖޯޑު ކޮރިއެންޑަރ ފަތް ކޮށާފަ
2 ބޮޑު އަލުވި މަޑުކޮށް ޗިސްކޮށްފަ
1 ލުނބޮލުގެ ހުތް
1 ސައިސަމްސާ ލޮނު
ކުލަ ހިފާވަރަށް ރަތްކުލަ
1 ޖޯޑު ފާރޮށި ކުނޑި
3 ބިސް، ގިރާފަ
ކަޓްލަސް ތެއްލަން ތެޔޮ

ތައްޔާރުކުރާނެގޮތް

1-ކުކުޅު މެރިނޭޓް ގެ ދަށުގައިވާ ތަކެތީގެ ތެރެއިން ތަންދޫރީ މަސާލާ، ރީނދޫ، ރާޅު ހިކިމިރުސް، ޔޯގަޓް ތައްޓަކަށް އަޅާ އެއްކޮށްލައްވާ. މީގެ ތެރެއަށް ކުކުޅު ކޮޅު ލާ ކުކުޅުކޮޅުގަ މެރިނޭޓް އުނގުޅާލައްވާ، ކުކުޅުކޮޅުގަ މެރިނޭތް އެއްކޮށް އުނގުޅުނީމަ މެރިނޭޓްކޮށްލަން ފަނަރަ މިނެޓް ބާނދާ
2-ތެއްޔަކަށް ތެޔޮކޮޅު އަޅާ ހޫނުވީމަ ކުކުޅު ތެޔޮކޮޅު ތެރެއަށް ލާ ކުކުޅުގެ ދެފުށް ރަތްވެލަންދެން ކައްކާލައްވާ. ކުކުޅުކޮޅު ރަތްވީމަ މިއަށް ފެން އަދި މެގީކިއުބް އަޅާފަ ތެލީމަތި ޖަހައިގެން ކުކުޅުކޮޅު ރޯފިލަނދެން ކައްކާލައްވާ.
3-ކުކުޅު ރޯފިލީމަ ތެލީމަތިނަގައިގެން ތެލީތެރޭ ހުރި ގްރޭވީ މަދުވެލަންދެން ކައްކާލައްވާ. ދެން ކުކުޅު ކޮޅު ތެލިން ނަގާ ވިނުވާލައްވާ. ކުކުޅު ވިނުވަން އަޅުގަނޑަށް އެއްމެ ފަސޭހައީ ހޭންޑް މިކްސާ އެއް ބޭނުންކޮށްގެން.
4-ކުކުޅުކޮޅު ފިނުވުނީމަ ކުކުޅުކޮޅު ތެރެއަށް ކުކުޅު ރޯފިލުވާލި ތެލީގަ ހުރި މެރިނޭޓް، ފިޔާ، ގިތެޔޮމިރުސް، މަޑުކޮށްފަހުރި އަލުވި، ކޮރިއެންޑަރ ފަތް، ލުނބޯހުތް އަދި ލޮނު އަޅާ އެއްކޮށްލައްވާ، ދެން ރަތްކުލަ އަޅާ އެއްކޮށްލައްވާ.
5-ކަޓްލައް މަސްކޮޅު މޮޑެވުނީމަ ވައްކޮށް ގުޅަޖައްސަވާ ދެން ކޮންމެ ކަޓްލަސްއެއް ބިހައްލާފަ ފާރޮށި ކުނޑިއަށް ލާފަ ބަހައްޓަވާ. މަސްކޮޅު ހުސްވަންދެން ކަޓްލަސް ހައްދަވާ.
6-ތާހަކަށް ތެޔޮ އަޅާ ތެޔޮގަނޑު ހޫނުވީމަ ކަޓްލަސް ތަށް ރަތްވެލަންދެން ތެއްލާލައްވާ.