ގޯޗޫޖޭނގް ޗިކަން

ސާވިން ސައިޒް: 4-5 / ހަދާލަން ނަގާނެ ވަގުތު: 45 މިނެޓް

ބޭނުންވާނެ ތަކެތި

500 ގުރާމް ބޯންލަސް ޗިކަން، ދިގަށް ތުނިކޮށް ކޮށާފަ
1/2 ސައިސަމްސާ ލޮނު
1 ބޮޑު ފިޔާ، ކުދިކޮށް ކޮށާފަ
1 މޭޒުމަތިސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
1 ކެރެޓް ދިގައްކޮށާފަ
1 ޖޯޑު ފެހި ބެލްޕެޕާ، ދިގަށް ކޮށާފަ
ގިތެޔޮމިރުސް
ސަންފްލާވަރ އޮއިލް
ސޯސް
4 މޭޒުމަތީސަމްސާ ގޯޗޫޖޭންގް ޕޭސްޓް
1 މޭޒުމަތީސަމްސަ އެޕަލްސިޑަރވިނެގަރ
2 މޭޒުމަތީސަމްސާ އޮއިސްޓަރ ސޯސް
1 މެގީކިއުން
1 މޭޒުމަތީސަމްސާ ތެޅިމިރުސް
1/2 ސައިސަމްސާ ލޮނު
2 މޭޒުމަތީސަމާ ޓޮމާޓޯސޯސް
1/2 ޖޯޑު ފެން

ތައްޔާރުކުރާނެގޮތް

1-ސޯސް ގެ ދަށުގައިވާ ތަކެތި ތައްޓަކަށް އެޅުމަށްފަހު އެއްކޮށްލައްވާފަ ބަހައްޓަވާ.
2-ތެލި އުނދުންމައްޗައް އުދާ ހުޅު މެދުމިނަށް ޖައްސަވާ. ތިން ސަމްސާ ސަންފްލާވަރ އޮއިލް، ކޮށާފަ ހުރި ކުކުޅު އަދި ލޮނު ތެއްޔަށް އަޅާ އެއްކޮށްލައްވާ. ދެން ކުކުޅު ރޯފިލާ ކުކުޅުކޮޅު ރަތްވެލަންދެން ތެއްލާލައްވާ. ކުކުޅުކޮޅު ރަތްވީމަ ތައްޓަކަށް ނަގާފަ ބަހައްޓަވާ.
3-ކުކުޅު ކޮޅު ކައްކާލި ތެލިތެރެއަށް ތިން ސަމްސަ ތެޔޮ އަޅާ ހޫނުކުރަންޖައްސަވާ، މީގެ ތެރެއަށް ފިޔާ، އިނގުރުލޮނުމެދު ޕޭސްޓް އަޅާ ފިޔާކޮޅު މަޑުވެލަންދެން ހާވަމުން ކައްކަވާ، ފިޔާ މަޑުވީމަ ގިތެޔޮމިރުސް، ކެރެޓް އަދި ބެލްޕަޕަރ އަޅާ ތަރުކާރީކޮޅު މަޑުވެލަންދެން ރަތްކޮށްލައްވާ.
4-ތަރުކާރީކޮޅު މަޑުވީމަ ކުކުޅު ކޮޅާ އެއްކޮށްލި ސޯސްއަޅާ ތަރުކާރީކޮޅާ އެއްކޮށްލައްވާ. ދެން ސޯސް އޮލަވެ ކުކުޅުކޮޅުގަ ސޯސް ހިފީމަ ލޮނުހެޔޮވަރުކޮށްފަ އުނދުންމަތިން ބާލާ.