ސަންޑްރައިޑް ޓޮމާޓޯ ޕެސްޓޯ ޕާސްތާ

ސާވިން ސައިޒް: 5 / ތައްޔާރުކޮށްލަން ނަގާނެ ވަގުތު: 1 ގަޑިއިރު

ބޭނުންވާނެ ތަކެތި

4 މޭޒުމަތިސަމްސާ އޮލިވް އޮއިލް ނޫނީ ކުކިން އޮއިލް
5 ލޮނުމެދު، ކުދިކޮށް ކޮށާފަ
1 މެދުސައިޒް ފިޔާ. ކުދިކޮށް ކޮށާފަ
1 ގިތެޔޮމިރުސް ކޮށާފަ
450 ގުރާމް މިންސްޑް ބީފް
300 ގުރާމް ޕަސްތާ ސޯސް
300 ގުރާމް ސަންޑަރައިޑް ޓޮމާޓޯ ޕެސްޓޯ
1 ސައިސަމްސާ އިޓާލިއަން ހާބްސް ނޫނީ ސީސަނިން
1/2 ސައިސަމްސާ އަސޭމިރުސް ޕައުޑަރ
1 ކިއުބް މެގީ
3 ސްލައިސް ޗީޒް
450 ގުރާމް ކައްކާފަ ހުރި ޕާސްތާ
1 ޖޯޑު ޕާސްތާ ކެއްކި ފެން

ތައްޔާރުކުރާނެގޮތް

1-ތެއްޔަކަށް ތެޔޮ އަޅާ ހޫނުވުމުން ލޮނުމެދު، ފިޔާ އަދި ގިތެޔޮމިރުސް އަޅާ އެއްކޮށްލައްވާ. ފިޔާ މޯލިވާންފެށުމުން ބީފްކޮޅު އަޅާލައްވާ.
2-ބީފްކޮޅުގެ ރަތްކަން ދަންދެން ކައްކާލައްވާ. ބީފް ކެކުނީމަ ޕަސްތާ ސޯސް، ސަންޑްރައިޑް ޕެސްޓޯ، އިޓާލިއަން ސީޒަނިން، އަސޭމިރުސް، މެގީ ކިއުބް އަދި ލޮނު އަޅާ އެއްކޮށްލައްވާ. މި ސޯސް ކޮޅު މިނެޓެއްވަރު ކައްކާލައްވާ.
3-ކައްކާފަހުރި ޕާސްތާ ސޯސްއަށް އަޅާ އެއްކޮށްލައްވާ. ޕަސްތާ ހިކިހެން ހީވަންޏާ ކުޑަ ޕާސްތާ ކެއްކި ފެން ފޮދެއް އަޅާ އެއްކޮށްލައްވާ. ދެން ތިން ފޮތި ސްލައިސް ޗީޒް ލާފަ އެއްކޮށްލައްވާފަ ކޭންބައްލަވާ.