ސާވިންސައިޒް: 4 / ހަދާލަން ނަގާނެ ވަގުތު: 2 ގަޑިއިރު

ބޭނުންވާނެ ތަކެތި
ޑޯނަޓް ފުއްގަނޑު
250 ގުރާމް ބްރެޑް ފުއް
25 ގުރާމް ހަކުރު
3 ގުރާމް ލޮނު
5 ގުރާމް އިންސްޓަންޓް އީސްޓް
1 ބިސް
25 ގުރާމް ބަޓަރ
125 ގުރާމް ދިޔާ ކިރު
ސިނަމަން ޝުގަރ
2 ޖޯޑު އައިސިން ޝުގަރ، ފުރާނާފަ
1 މޭޒުމަތިސަމްސަ މުގުރި ފޮނިތޮށި
ޑޯނަޓް ތެއްލުމަށް
ވެޖްޓަބަލް އޮއިލް
ތައްޔާރުކުރާނެގޮތް
1-ފުށްގަނޑު ދަށުގައިވާ ހުރިހާ ތަކެތި ފުއްގިރާ ތައްޓަށް އަޅާލައްވާ. ދެން ވިހި މިނެޓް ވަންދެން ފުއްގަނޑު މޮޑެލައްވާ.
2-ފުއްގަނޑު ރަނގަޅަށް މޮޑެވުމުން ފުއްގަނޑު ލެވޭ ޑަބަލް ސައިޒްގެ ތައްޓެއް ތެރޭ ތެޔޮކޮޅެއް އުނގުޅާލައްވާ. ދެން ފުއްގަނޑު ނަގާ ފުއްގަނޑު އޮމާންކޮށްލާފަ ތެޔޮ އުނގުޅާލި ތަށީތެރޭ ބާއްވާ، ތަށީމަތި ބަންދުކޮށްފަ އެއްގަޑިއިރު ވަންދެން ބާނދަވާ.
3-ސިނަމަން ޝުގަރ ދަށުގައިވާ ތަކެތި ތައްޓަކަށް އަޅާ އެއްކޮށްފަ ބަހައްޓަވާ.
4-ފުއްގަނޑު އެއްގަޑިއިރު ވުމުން ފުއްގަނޑު ނަގާ ފުއްގަނޑުގަ ހުރި ވައިތައް ދާވަރަށް މޮޑެފަ ފުއްގަނޑު އޮމާންކޮށްފަ ހަނި ދިގައް ދަމާލައްވާ (ރެކްޓެންގަލްކޮށް) ދެން ފުއްގަނޑު ކްރޯސަންޓް އަށް ކަފާ ގޮތަށް ފުޅާ ބައިގަ ދެ އިންޗި ބައި ހުންނަ ސައިޒަށް ކަފާލައްވާ. ކޮންމެ ފުއްކޮޅެއް ކްރޯސަންޓް ޝޭޕްއަށް އޮޅާލައްވާފަ ކޮންމެ ފުށްކޮޅެއް ހަތަރު އިންޗި ހަތަރު އިންޗި ބޭކިން ޕޭޕަރ ކޮޅެއް މަތީ އަތުރާލައްވާ.
5-ފުއްގަނޑު ތައް މަތީ ފޮތިކޮޅެއް އަޅާފަ ބައިގަޑިއިރު ބަހައްޓަވާ. ބައިގަޑިއިރު ވާއިރު ފުއްގަނޑުތައް ހުންނަންވާނީ ފުފިފަ.
6-ތެޔޮ ތެއްޔަށް އަޅާ ވަރަށް މަޑު ގިނީގަ ފަނަރަ މިނެޓް ހޫނުކޮށްލައްވާ. ޓޫތްޕިކްއެއް ތެޔޮގަނޑު ތެރެއަށް ލީމަ ކުދި ބޮކި އަރާވަރަށް
7-ހަދާލި ޑޯނަޓް ތައް ތެޔޮގަނޑަށް އަޅާ މަޑު ރަތްކުލައެއް އަރާލަންދެން ތެއްލަވާ. ތެލުލެވުނީމަ ޑޯނަޓް ތެޔޮ ގަނޑުން ނަގާ ޓިޝޫމަތީ ދެ މިނެޓެއްވަރު ބަހައްޓަވާ، ދެން ޑޯނަޓް ހޫނުކޮށް ހުއްޓަ ހަދާލި ހަކުރުކޮޅަށް ލާ އެއްކޮށްލައްވާ. ޑޯނަޓްގަ ރަނގަޅަށް ހަކުރު ހިފީމަ ނަގާ ކޭންބައްލަވާ.
