ސާވިން ސައިޒް: 5 / ހަދާލަން ނަގާނެ ވަގުތު: ދޮޅު ގަޑިއިރު

ބޭނުންވާނެ ތަކެތި
ސިނަމަން ބަޓަރ
100 ގުރާމް ބްރައުންޝުގަރ
1 މޭޒުމަތީސަމްސަ ސިނަމަންޕައުޑަރ
50 ގްރާމް ބަޓަރ، ފިނިކަނޑުވާފަ
ކޭކް ފުންގަނޑު
290 ގުރާމް ފުށް
160 ގުރާމް ހަކުރު
3 ސައިސަމްސާ ބޭކިންޕައުޑަރ
240 އެމް އެލް ފުލްކްރީމް މިލްކް
1 ސައިސަމްސާ ވެނީލައެސެންސް
2 ބިސް
90 ގްރާމް އަންސޯލްޓަޑް ބަޓަރ، މެލްޓްކޮށްފަ
ކްރީމްޗީޒް އައިސިން
90 ގްރާމް ބަޓަރ، ފިނިކަނޑުވާފަ
90 ގްރާމް ކްރީމަޗީޒް، ފިނިކަނޑުވާފަ
1 ސައިސަމްސާ ވެނީލަރއެސެންސް
1 ޖޯޑު އައިސިންޝުގަރ، ފުރާނާފަ
ތައްޔާރުކުރާނެގޮތް
1-ސިނަމަން ބަޓަރ ގެ ދަށުގައިވާ ތަކެތި ތައްޓަކަށް އެޅުމަށްފަހު އެއްކޮށްލައްވާފަ ބަހައްޓަވާ.
2-ކޭކް ގިރާލުމަށް ކޭކް ފުށްގަނޑުގެ ދަށުގައިވާ ތަކެތީގެ ތެރެއިން ބަޓަރ ނޫން ދެން ހުރި ތަކެތި ތައްޓަކަށް އަޅާ ރަނގަޅަށް ގިރާލައްވާ. ދެން ބަޓަރކޮޅު އަޅާ ގިރާލައްވާ.
3- އަށް އިންޗި ޓްރޭއެއްގަ ބޭކިން ޕޭޕަރ އަޅާފަ ކޭކްފުންގަނޑު އަޅާލާ، ކޭކްފުށްގަނޑު މަށްޗަށް ތަންތަން ކޮޅަށް ސިނަމަން ބަޓަރ ސަމްސަލަކުން އަޅާލައްވާ. ޓޫތްޕިކްއެއް ބޭނުންކޮށްގެން މާބުލް ގޮތް އައްނަ ގޮތަށް ޓްރޭ ތެރޭ ކުރަހާލައްވާ.
4- 160 ޑިގްރީސެލްސިއަސްއަށް އަވަން ހޫނުކުރައްވާފަ ޓްރޭ ލައިގެން 40 މިނެޓް ފިއްސަވާ. ފިހެވުމުން އަވަންއިން ނަގާ ހިހޫންކުރަން ބަހައްޓަވާ.
5-އައިސިން ދަށުގައިވާ ތަކެތި އޮމާންވަންދެން ގިރާލައްވާ، ދެން ކޭކްމައްޗަށްއަޅާ ސާރވްކޮށްލައްވާ.
