ސްމޯކްޑް ޗިކަން ބިރިޔާނީ

ސާވިން ސައިޒް: 5-6 / ތައްޔާރުކޮށްލަން ނަގާނޭ ވަގުތު: ދޮޅުގަޑިއިރު

ބޭނުންވާނެ ތަކެތި

ގްރޭވީ
1200 ގުރާމް ކުކުޅު، ކޮށާފަ
4 ބޮޑު ފިޔާ، ދިގައް ކޮށާފަ
3 ޓޮމާޓޯ، ކޮށާފަ
1/2 ޖޯޑު، ކޮރިއެންޑަރ ފަތް
6 ރޯމިރުސް
1 މޭޒުމަތީސަމްސާ ތެޅިމިރުސް
3 މޭޒުމަތިސަމްސާ ބިރިޔާނީ މަސާލަ
3 މޭޒުމަތިސަމްސާ ކުކުޅު ހަވާދު ޕައުޑަރ’
2 މޭޒުމަތިސަމްސާ ކޮތަންބިރި ޕައުޑަރ
1 ކިއުބް މެގީ
1 ސައިސަމްސަ ލޮނު
1/2 ޖޯޑު ކާށިކިރު
1/2 ތަށި ޕްލެއިން ޔޯގަޓް
1 ޖޯޑު ފެން
2 ޖޯޑު ކުކިން އޮއިލް
ބަތް ކައްކާލުމަށް
3 ޖޯޑު ފުއްދިގު ބާސްމަތީ ހަނޑޫ، ދޮވެފަ ބައި ގަޑިއިރު ފެނުގަ އަޅާފަ
7 ޖޯޑު ފެން
2 މޭޒުމަތީސަމްސާ ތެޔޮ
8 ކާފޫރު ތޮޅި
3 ފޮނިތޮށި ކޮޅު
2 ބޭލީފް
2 ސައިސަމްސަ ލޮނު
ސްމޯކްޑް ރަހަލެއްވުމައް
2 އިންޗި ޗާކޯލް
4 ސަމްސާ ތެޔޮ

ތައްޔާރުކުރާނެގޮތް

1-ގްރޭވީ ދަށުގައިން ތެޔޮކޮޅު ހޫނުކޮއްފަ ފިޔާ އަޅާ ފިޔާ ހަނާކޮއްލައްވާ. ފިޔާ ހަނާވީމަ ފިޔާކޮޅު ތައްޓަކައް ނަގާފަ ބަހައްޓަވާ. ފިޔާކޮޅުން ތިން ބައިކޮށްފަ އެއްބައި ބޯތައްޓަކަށް އަޅާ އަތުން ޗިސްކޮށްލައްވާ. މީގެ ތެރެއަށް ކާށިކިރު އަދި ޔޯގަޓް އަޅާ އެއްކޮށް ލައްވާފަ ބަހައްޓަވާ.
2-ފިޔާ ތެއްލާލި ތެލި ތެރޭ ހުރި ތެޔޮ ތަންކޮޅެއް ގިނައްޔާ މަދުކޮށްލައްވާ. މީގެ ތެރެއަށް ކުކުޅު އަޅާ ކުކުޅު ކޮޅު ބޭރު ރަތްވެލަންދެން ހަނާކޮއްލައްވާ.
3-ދެން ތެޅިމިރުސް، ބިރިޔާނީ މަސާލާ، ކުކުޅު ހަވާދު، ކޮތަންބިރި ޕައުޑަރ، މެގީކިއުބް އަދި ލޮނު އަޅާ އެއްކޮށްލައްވާ. މީގެ ތެރެއަށް އެއްކޮށްލި ފިޔާ ކިރު ކޮޅު އަޅާ އެއްކޮށްލައްވާ. ދެން ޓޮމާޓޯ، މިރުސް، ކޮރިއެންޑަރ ފަތް އަދި ފެން އަޅާ އެއްކޮށްފަ ކުކުޅު ރޯފިލާ ގްރޭވީ އޮލަވަންދެން ކައްކަވާ، ގްރޭވީކޮޅު ކެކުނީމަ މަތިޖަހާފަ ބަހައްޓަވާ.
4-ބަތް ކޮޅު ދަށުގައިވާ ތަކެތި ތެއްޔަކަށް އެޅުމައްފަހު ބަތްކޮޅު ހަތްދިހަ ޕަސަންޓްއަށް ރޯފިލަންދެން ކައްކާލައްވާ. ކެކުމުން ބަތްކޮޅުތެރޭ ފެން ހުރިއްޔާ އުތުވާލައްވާފަ ބަހަށްޓަވާ.
5-ދެން ބަތްކޮޅުގެ ދެބައިކުޅަ އެއްބައި ބިރިޔާނީ ކައްކާ ތެއްޔަށް އަޅާލައްވާ. މީގެ މައްޗަށް ކައްކާލި ކުކުޅު ގްރޭވީ އަޅާ ފަތުރާލައްވާ. ދެން ބާކީ ހުރި ބަތްކޮޅު އަޅާ ފަތުރާލައްވާ.
6-އޮރެންޖް ކުލަކޮޅެއް ގިރާލައްވާ. މި އޮރެންޖް ކުލަކޮޅު ބިރިޔާނީ މައްޗައް ވަށައިގެން އަޅާ ލައްވާ. މީގެ މައްޗަށް ހަނާކުރި ފިޔާ އަދި ކްރިއެންޑަރ ފަތް އަޅާ ފަތުރާލައްވާ.
7- ބަތްތެލި މެދުގަ ފޮއިލް އިން ކުޑަ ތައްޓެއް ހަދާފަ ބާންދަވާ. ދެން ޗާކޯލްކޮޅު ރޯކޮއްފަ ފޮއިލް ތަށިތެރޭ ބާއްވާ، ޗާކޯލްމައްޗަށް ތެޔޮކޮޅު އަޅާލައްވާ، ޗާކޯލްއިން ދުންއަރަން ފެށުމުން ތެލީ މަތިޖައްސަވާ.
8-ތެލީގަ މަތި ޖައްސަވާފަ މަޑުގަނީގަ ފަނަރަމިނެޓް ކައްކަވާ. ކެކި ނިމުނީމަ މެދުގަ އިން އެލުމިނިއަމް ތަށި ނަގާފަ ބިރިޔާނީ ކުޑަކޮށް އެއްކޮށްފަ ކޭންބައްލަވާ.