ސާވިން ސައިޒް: 4-5 / ހަދާލަން ނަގާނެ ވަގުތު: 45 މިނެޓް

ބޭނުންވާނެ ތަކެތި
ކުކުޅު ކޮޅު ހަދާލުމަށް
250 ގުރާމް ބޯންލަސް ޗިކަން، ތުނިކޮށް ދިގަށް ދެއިންޗި އަށްވުރެއް ބޮޑުނޫން ވަރަށް ކޮށާފަ
3 މޭޒުމަތީސަމްސާ ތެޔޮ
1 ކުޑަ ފިޔާ، ކޮށާފަ
1 ސައިސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
1 މެގީކިއުބް
1 މޭޒުމަތީސަމްސާ ސޯޔާ ސޯސް
1 މޭޒުމަތިސަމްސަ ޗިލީޕޭސްޓް
1 ސައިސަމްސާ ތެޅިމިރުސް
100 އެމް އެލް ކާށިކިރު
1/3 ޖޯޑު މޮޒަރެއްލާ ޗީޒް
ލޮނު
ސްޕައިސީ ޗިކަން ހާފް ހަދާލުމަށް
ތައްޔާރުކޮށްލި ކުކުޅުކޮޅު
4 ބާގަރ ބަން
ސްލައިސް ޗީޒް
ޓޮމާޓޯ. ކުދިކޮށް ކޮށާފަ
ލެޓިއުސް، ކޮށާފަ
ތައްޔާރުކުރާނެގޮތް
1-ކުކުޅުގެ ދަށުގައިވާ ފުރަތަމަ އިން އަށްވައްތަރު ތައްޓަކަށް އަޅާ އެއްކޮށްލައްވާ.
2-ތަވައެއް އުނދުން މައްޗަށް އުދާ ފަ ކުކުޅު މިކްސްޗަރ އަޅާފަ ކުކުޅު ރޯފިލާ އެއްކޮށް ހިކިލަންދެން ކައްކަވާ.
3-ކުކުޅުކޮޅު ހިކުނީމަ ކާށިކިރު އަދި މޮޒަރެއްލާ ޗީޒް އަޅާ އެއްކޮށްފަ ކުކުޅުކޮޅު ތައްޓަކަށް ނަގާލާފަ ބަހައްޓަވާ.
4-ބާގާ ބަނަސް ނަގާފަ ބަނަސް މެދުން ފަޅާލައްވާ. ދެން ކޮންމެ ބަނަސް ފަޅިއެއް ފަޅާލާފައިން ފަޅިން ހުދުބައި އޮއްބާ ބަނަސްފަޅީގެ އެތެރެ ފިލްކުރެވޭގޮތަށް ހޮއެ ހަދާލައްވާ. މިގޮތަށް ހުރިހާ ބަނަސްފަޅި ހަދާފަ ބަނަސްފަޅިތަށް ޓްރޭއެއްގަ ހޮއެކޮށް އިންބައި މައްޗަށް ވާގޮތަށް އަތުރާލައްވާ.
5-ދެން ކޮންމެ ބަނަސް ފަޅިއެއްތެރެއަށް ލެޓިއުސް، ޓޮމާޓޯ ކޮޅެއް ލާފަ ހަދާލި މަސްކޮޅުން މަސްކޮޅެއް އަޅާލައްވާ. މީގެ މަތީ ޗީޒްކޮޅެއް ބާއްވާ.
6-އަވަން 200 ޑިގްރީ އަށް ޖައްސާފަ ބަނަސް ޓްރޭ ލައިގެން 10 މިނެޓް ފިއްސަވަ. ފިހެވުމުން ސާރވްކޮށްލައްވާ.
