ސާވިން ސައިޒް: 4 / ތައްޔާރުކޮށްލަން ނަގާނެވަގުތު: 45 މިނެޓް

ބޭނުންވާނެ ތަކެތި
ކުކުޅު މެރިނޭޓް
1 ޗިކަން ބްރެސްޓް ބޮޑެތިކޮށް ކޮށާފަ
2 މޭޒުމަތީސަމްސާ ސޮޔާ ސޯސް
1/2 ސައިސަމްސާ އަސޭމިރުސް
1/2 ސައިސަމްސާ ލޮނު
1 ސަސަމްސާ ގާލިކް ޕައުޑަރ
1 ސައިސަމްސަ ތެޅިމިރުސް
1 ބިސް
ކުކުޅު ފުއްކޮޅު
1/2 ޖޯޑު ކޯންފްލަރ
1/2 ޖޯޑު އާދައިގެ ފުށް
1/2 ސައިސަމްސަ އަސޭމިރުސް
1/2 ސައިސަމްސާ ލޮނު
1/2 ސައިސަމްސާ ތެޅިމިރުސް
ތެޔޮ
ސޯސް ހަދާލުމަށް
1/2 ޖޯޑު ސަބްމެރިން ސޯސް
4 މޭޒުމަތިސަމްސާ ހޮޓްސޯސް ނޫނީ ގިތެޔޮމިރުސް ސޯސް
2 މޭޒުމަޓިސަމްސާ ކެޗަޕް
1/2 ސައިސަމްސާ ގާލިކްޕައުޑަރ
ކްލޮސްލޯ ސެލެޑް ހަދާލުމަށް
1/2 ޖޯޑު ތުނިކޮށްކޮށާފަ ހުރި ކެބްޖް
1/2 ޖޯޑު ގާނާފަ ހުރި ކެރެޓް
1/3 ޖޯޑު މެޔޮނައިސް
1/2 ސައިސަމްސަ ލޮނު
1/2 ސައިސަމްސާ އަސޭމިރުސް
1 ސައިސަމްސަ އެޕަލްސިޑަރ ވިނެގަރ
ސޭންޑްވިޗް ހެދުމަށް
6 ފޮތި ޕާން ޓޯސްޓްކޮށްފަ
ތައްޔާރުކުރާނެގޮތް
1-ކޮލަސްލޯ ސެލެޑް ހެދުމަށް ކޮލެސްލޯ ދަށުގައިވާ ތަކެތި ތައްޓަކަށް އެޅުމައްފަހު އެއްކޮށްލާފަ ބަހައްޓަވާ.
2-ކުކުޅުކޮޅު ހެދުމަށް ކުކުޅު މެރިނޭޓް ގަ ވާތަކެތި އެއްކޮށްލައްވާފަ ބަހައްޓަވާ.
3-ކުކުޅު ފުއްކޮޅު ގެ ދަށުގައިވާ ތަކެތީގެ ތެރެއިން ތެޔޮ ނޫން ދެން ހުރި ތަކެތި ތައްޓަކަށް އަޅާ އެއްކޮށްލައްވާފަ ބަހައްޓަވާ.
4-ތެޔޮކޮޅު ތެއްޔަކައް އަޅާހޫނުކޮށްލައްވާ. ދެން މެރިނޭޓްކުރި ކުކުޅު ފަހަރަކު ކުކުޅުކޮޅެއް ނަގާ ފުއްކޮޅަށް ލާ އެއްކޮށްފަ ފުށް ހިފާލީމަ ތެލައްލާ ރަތްވެލަންދެން ތެއްލާލައްވާ، މިގޮތައް ހުރިހާ ކުކުޅުކޮޅެއް ލާ ކުކުޅުކޮޅު ތެއްލާލައްވާފަ ހިހުންކޮށްލަން ބަހައްޓަވާ.
5-ސޯސްގެ ދަށުގައިވާ ތަކެތި ތައްޓަކަށް އަޅާ އެއްކޮށްލައްވާ، ސޯސްކޮޅު ތެރެއަށް ކުކުޅުކޮޅު އަޅާ އެއްކޮށްފަ ބަހައްޓަވާ.
6- ސޭންޑްވިޗް ހެދުމަށް ޕާން ފޮއްޗެއް ނަގާ ތަށިތެރޭ ބާއްވާފަ މީގެ މައްޗަށް މަސްކޮޅުގެ ދެބައިކުޅަ އެއްބައި އަޅާލައްވަ. މަސްކޮޅުމަތީ ޕާންފޮއްޗެއް ބާއްވާފަ މި ފޮތިމަތީ ސެލެޓް ބޯކޮށް އަތުރާލައްވާ، ދެން އިން ޕާންފޮތި ސެލެޑް މަތީ ބާއްވާފަ ސޭންޑްވިޗް ސާރވް ކޮއްލައްވަ.
