ޑޮލްފިން ކޮށްތު

ސާވިން ސައިޒް: 2 / ތައްޔާރުކޮށްލަން ނަގާނެ ވަގުތު: 45 މިނެޓް

ބޭނުންވާނެ ތަކެތި

މަސްކޮޅު
1 ޗިކަން ބްރެސްޓް
1 ސައިސަމްސާ ހަނާކުރި ހަވާދު
1 ސައިސަމްސާ ލޮނުމިރުސް ހަވާދު ޕައުޑަރ
1 ސައިސަމްސާ ޓޮމާޓޯޕޭސްޓް
1/2 ސައިސަމްސާ ލޮނު
3 މޭޒުމަތީސްމަސާ ތެޔޮ
ކޮށްތު ރޮށި ހަދާލުމަށް
3 މޭޒުމަތިސަމްސާ ތެޔޮ
1 ސައިސަމްސަ އިނގުރު ލޮނުމެދު ޕޭސްޓް
2 ބިސް
1 ފިޔާ، ކުދިކޮށް ކޮށާފަ
ރަހަލާވަރަށް ގިތެޔޮމިރުސް
1 މޭޒުމަތިސަމްސަ ރާޅު ހިކިމިރުސް
1/3 ޖޯޑު ތުނިކޮށް ކޮށާފަ ހުރި ކެރެޓް
1/3 ޖޯޑު ތުނިކޮށް ކޮށާފް ހުރި ކެބެޖް
2 ކެޕްސިކަމް، ކޮށާފަ
2 ޓޮމާޓޯ، ކޮށާފަ
1/3 ޖޯޑު ކޮށާފަ ހުރި ލީކްސް
5 ބޯކޮށް ފިހެފަ ހުރި ރޮށި ނޫނީ ފަރާޓާ
1 ޖޯޑު ކުކުޅު ރިހަ މަސްނުލާ
1/3 ޖޯޑު ކާށިކިރު
ލޮނު

ތައްޔާރުކުރާނެގޮތް

1-މަސްކޮޅު ދަށުގައިވާ ހަނާކުރި ހަވާދު، ލޮނުމިރުސް ހަވާދު ޕައުޑަރ، ލޮނު އަދި ޓޮމާޓޯ ޕޭސްޓް ތައްޓަކަށް އަޅާ އެއްކޮށްލައްވާ. ދެން ޗިކަން ބްރެސްޓް ގެ އެއް ފަޅީގަ މި ހަވާދުކޮޅު އުނގުޅާލައްވާ. ތެޔޮކޮޅު ތަވަޔަކައް އަޅާ ހޫނު ކޮއްފަ ޗިކަން ބްރެސްޓް ތެޔޮކޮޅު މަތީ ރޯފިލާ ދެފަރާތް ރަތް ވެލަންދެން ގްރިލް ކޮއްލައްވާ. ގްރިލް ވީމަ ކޮށާލާފަ ބަހައްޓަވާ،
2-ތެޔޮކޮޅު ތެއްޔައް އަޅާ ހޫނުކޮށްލައްވާ. ދެން ބިސްކޮޅު ގިރާލާފަ ތެޔޮކޮޅު ތެރެއަށް އަޅާ ސްކްރެންބްލް ކޮށްލައްވާ.
3-ބިސްކޮޅު ތެރެއަށް އިނގުރުލޮނުމެދު ޕޭސްޓް، ފިޔާ އަދި ގިތެޔޮމިރުސް އަޅާ މިނެޓެއްވަރު ހާވަމުން ކައްކާލައްވާ. ދެން ރާޅު މިރުސް އަޅާ މިނެޓެއްވަރު އެއްކޮށްލައްވާ.
4-ކެރެޓް، ކެބެޖް، ޓޮމާޓޯ، ކެޕްސިކަމް އަދި ލީކްއަޅާ ދެ މިނެޓެއްވަރު އެއްކުރަމުން ކައްކާލައްވާ. މީގެ ތެރެއަށް ރިހަކޮޅު، ކާށށިކިރު، ރޮށި އަޅާ އެއްކޮށްފަ، ކޮށާފަ ހުރި ކުކުޅު އަޅާ އެއްކޮށްފަ ސާވް ކޮއްލައްވާ.