ޓޫނާ ސެލެޑް (ހާރުގެ ގޮތުގަ ކާލެވިދާނެ ހެލްދީ ސެލެޑް)

ސާވިން ސައިޒް: 2 / ހަދާލަން ނަގާނެވަގުތު: 1 ގަޑިއިރު

ބޭނުންވާނެ ތަކެތި

ކްރޯޓަންސް ހަދާލުމަށް
3 ބްރައުންބްރެޑް ފޮތި ކިއުބްކޮށް ކޮށާފަ
1 ލޮނުމެދު، ގަނާފަ
4 މޭޒުމަތިސަމްސާ އޮލިވްއޮއިލް
ސެލެޑް ހެދުމަށް
2 ޖޯޑު ކޮށާފަ ހުރި ރޯމޭނިއަން ލެޓިއުސް
1 ބޮޑު ޓޮމާޓޯ، ކޮށާފަ
1 ކިއުކަންބާ ކޮށާފަ
1 ދަޅު ފެންމަސް
ޑްރެސިން
1/3 ޖޯޑު އޮލިވްއޮއިލް
1 ލޮނުމެދު، ގާނާފަ
1/2 ލުނބޮލުގެ ހުތް
1/2 ސައިސަމްސާ އަސޭމިރުސް

ތައްޔާރުކުރާނެގޮތް

1-ޕާންކޮޅާ، ލޮނުމެދު އަދި އޮލިވް އޮއިލް އެއްކޮށްފަ ޕާންކޮޅު ޓްރޭއެއްގަ އަތުރާލައްވާ. އަވަން 200 ޑިގްރީ ސެލްސިއަސްއަށް ހޫނުކޮށްފަ ޓްރޭލައިގެން ޕާން ރަތްވެ މުރަނަ ވެލަންދެން ފިއްސަވާ. ޕާންކޮޅު ފިހެވުނީމަ އަވަން އިން ނަގާ ހިހޫކުރަން ބަހައްޓާ.
2-ޑްރެސިން ދަށުގަ ހުރި ބައި ތައްޓަކަށް އަޅާ އެއްކޮށްލައްވާ.
3-ބޮޑުތައްޓަކަށް ލެޓިއުސް، ޓޮމާޓޯ ކިއުކަންބަރ އަޅާ އެއްކޮށްލައްވާ، މި ބައި ސެލެޑް ސާވްކުރާތައްޓަށް އަޅާލައްވާ. ދެން ބަރައުންބްރެޑް ކްރޯޓަންސް އަދި މަސްކޮޅު ވިނުވާލާފަ މަށްޗަށް އަޅާލައްވާ. ސެލެޑް ޑްރެސިން މައްޗަށް އަޅާލުމައްފަހު ސާވްކޮށްލައްވާ.