ޓޫނާ ޕޮކެޓް ޕިޒާ

ސާވިން ސައިޒް: 4 / ތައްޔާރުކޮސްލަން ނަގާނެ ވަގުތު: ދޮޅު ގަޑިއިރު

ބޭނުންވާނެ ތަކެތި

މަސްކޮޅު
1 ބޮޑު ފިޔާ، ކޮށާފަ
1 ސައިސަމްސަ އިނގުރު ލޮނުމެދު ޕޭސްޓް
1 މޭޒުމަތިސަމްސަ ރާޅު ހިކިމިރުސް
ރަހަލާވަރަށް ގިތެޔޮމިރުސް
1 ޓޮމާޓޯ، ކޮށާފަ
1/3 ޖޯޑު ކޮށާފަ ހުރި މަޝްރޫމް
1 ދަޅު މަސް
1/2 ސައިސަމްސާ އިޓާލިއަން ސީސަނިން
1/3 ޖޯޑު ޕިޒާ ސޯސް
1/3 ޖޯޑު ޓޮމާޓޯ ސޯސް
1/2 ސައިސަމްސާ ލޮނު
ޕިޒާ ހެދުމަށް
ޓޯޓިލާ ވްރެޕްސް
މޮޒަރެއްލާ ޗީޒް، ގާނާފަ
1/2 ޖޯޑު ޕިޒާ ސޯސް
ހަދާލި މަސްކޮޅު

ތައްޔާރުކުރާނެގޮތް

1-ތެއްޔަކަށް ތެޔޮ އަޅާ ހޫނުވީމަ ފިޔާ އަދި އިނގުރު ލޮނުމެދު ޕޭސްޓް އަޅާ ފިޔާކޮޅު މޯޅިވެލަންދެން ކައްކާލައްވާ.
2-ފިޔާ ތެރެއަށް ރާޅު މިރުސް އަޅާ ފިޔާކޮޅު ހާވަމުން މިރުސްކޮޅު ކުލަ ނިކުމެލަންދެން ކައްކާލައްވާ.
3-ދެން ޓޮމާޓޯ، މަޝްރޫމް އަދި ގިތެޔޮމިރުސް އަޅާ ޓޮމާޓޯކޮޅު މަޑުވެލަންދެން ކައްކާލައްވާ. ޓޮމާޓޯ މަޑުވީމަ މަސްކޮޅު އަޅާ އެއްކޮށްފަ، އިޓާލިއަން ސީސަނިން، ޕިޒާ ސޯސް އަދި ޓޮމާޓޯ ސޯސް އަޅާ އެއްކޮށްލައްވާ.
4-ލޮނުހެޔޮވަރުކޮށްފަ މަސްކޮޅު އުނދުންމަތިން ބާލާފަ ހިހޫނކޮށްލަން ބަހައްޓަވާ.
5-ޓޯޓިލާއެއް ނަގާ ކޮންމެ ޓޯޓިލާއެއް ދެފަޅި ކޮށްލައްވާ. ދެން އެއްފަޅީގެ ތިރީ ކައިރިއަށް މަސްކޮޅެއް އަޅާފަ، މަސްކޮޅު މައްޗަށް މޮޒަރެއްލާ ޗީޒްކޮޅެއް އަޅާލައްވާ.
6-ޓޯޓިލާފަޅި ބަޖިޔާ ޝޭޕްއަށް ފަތްޖަހާ ލައްވާ(ވީޑިއޯ ބައްލަވާ ލެއްވީމަ އިނގިލައްވާނެ) މަސްކޮޅު ހުސްވަންދެން ޕިޒާ ހެދުނީމަ ޓްރޭއެއްގަ ހުރިހާ ޕިޒާ ޕޮކެޓް ތަށް އަތުރާލައްވާ.
7-މީގެ މަތީ ޕިޒާ ސޯސް އުނގުލަލައްވާފަ މޮޒަރެއްލާޗީޒް އަޅާ ލައްވާ. ދެން އަވަން 180 ޑިގްރީއަޑް ޖައްސާފަ ޓްރޭ ލައިގެން ޗީޒް މެލްޓް ވެލަންދެން ފިއްސަވާ. ފިހެ ނިމުނީމަ ކޭންބައްލަވާ.