ސާވިން ސައިޒް: 8 / ހަދާލަން ނަގާނެވަގިތު: 2/1 1 ގަޑިއިރު / ސެޓްކޮށްލަން: 8 ގަޑިއިރު

ބޭނުންވާނެ ތަކެތި
ކެރެމަލްބައި
1/3 ޖޯޑު ހަކުރު
1/3 ޖޯޑު ފެން
މޫސް ބައި
1 ދަޅު އަލަނާސި، ސިރަޕް އާއެކު ޕިއުރީކޮށްފަ
1 ދަޅު ގެރިކިރު
2 ޖޯޑު ވިޕިން ކްރީމް
2 ސައިސަމްސަ ޖިލެޓިން
4 މޭޒުމަތިސަމްސާ ހޫނުފެން
މޫސް ހެދުމަށް
އަލަނާސި ސްލައިސް
މަރަސްޗީނޯ ޗެރީސް
ތައްޔާރުކުރާނެގޮތް
1-ހަކުރު ތެއްޔަކަށް އެޅުމަށްފަހު ރަތްވަންދެން މަޑުގިނީގަ ހޫނުކޮށްލާ. ހަކުރު ރަތްވީމަ ފެން އަޅާލާ ދެން ކުޑަކޮށް އޮލަވެލީމަ އުނދުން ނިއްވާލައްވާ. (މި ކެރެމަލް އަޅުގަނޑުމެން ބޭނުންވަނީ ހިހޫނކޮށް ތަންކޮޅެއް އޮލަކޮށް ހުންނަށް)
2-ޕްލާސްޓިކް ކޮންޓެއިނާއަކަށް ކެރެމަލް އަޅާ ފަތުރާލައްވާ. ދެން އަލަނާސި ސަލައިސްތަށް އަތުރާލައްވާ. އަލަނާސި ސްލައިސްގެ މެދުގަ ޗެރީސް އަތުރާލައްވާފަ، ކޮންޓެއިނަރ ފްރިޖްގަ ބާނދާ ފިލިން ހެދެން ދެން،
3-ވިޕިން ކްރީމް ކޮޅު މިކްސާ އަށް އަޅާ ސޮފްޓް ޕީކް (ރޮނގުއެނގޭވަރަށް) ވަރަށް ވިޕްކޮށްލައްވާ، ދެން ގެރިކިރު އަދި ޕިއުރީކޮށްލި އަލަނާސި އަޅާ އެއްކޮށްލައްވާ.
4- ޖިލެޓިންކޮޅު ތެރެއަށް ހޫނުފެން އަޅާފަ ފަސް މިނެޓް ވަރު ބަހައްޓާލައްވާ. ދެން ޖިލެޓިންކޮޅު ގިރާލާފަ މޫސް މިކްސްޗަރ އަށް އަޅާ ފޯލްޑް ކޮށްލައްވާ، މި މިކްޗަރ ފްރިޖްގަ އިން ތަށި ނަގާ ތަށީތެރެއަށް އަޅާ ފަތުރާލައްވާ. ތަށި މަތި ބަންދުކޮށްފަ އަށް ގަޑިއިރު ފްރިޖްގެ ގަނޑުކުރާ ބައިގަ ބާނދަވާ.
5-މޫސް ރަނގަޅަށް ސެޓްވީމަ ފްރިޖުން ނަގާ ސާވިން ތައްޓަށް އެކޮޅުކޮޅުން ޖަހާ، ދެން ޕްލާސްޓިކް ތަށި ނަގާލާފަ ސާރވްކޮށްލައްވާ.
