ޕެޕާރޗިކަން ވައިޓްސޯސް ޕިޒާ

މީގެން ހެދޭނީ 1-2 ޕިޒާ / ތައްޔާރުކޮށްލަން ނަގާނެ ވަގުތު: 1 ގަޑިއިރު

ބޭނުންވާނެ ތަކެތި

މަސްކޮޅު ހަދާލުމަށް
250 ގުރާމް ބޯންލަސް ކުކުޅު، ކިއުބްކޮށް ކޮށާފަ
1 މެދުސައިޒް ފިޔާ، ކޮށާފަ
1 ހިކަނދިފަތް، ކޮށާފަ
1 ސައިސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
1 މޭޒުމަތިސަމްސަ އަސޭމިރުސް ޕައުޑަރ
1/2 މޭޒުމަތިސަމްސާ މުގުރި ކޮތަންބިރި
1 ސައިސަމްސާ ތެޅިމިރުސް
1 ސައިސަމްސަ މުގުރި ދިރި
1/2 ސައިސަމްސަ ފޮނިތޮށި ޕައުޑަރ
1/2 ސައިސަމްސާ ރީނދޫ
1 މޭޒުމަތިސަމްސާ ޓޮމާޓޯޕެސްޓް
3 މޭޒުމަތިސަމްސަ ތެޔޮ
ވައިޓްސޯސް ހަދާލުމަށް
2 މޭޒުމަތިސަމްސަ ބަޓަރ
2 ލޮނުމެދު ކޮށާފަ
3 މޭޒުމަތީސަމްސަ ފުށް
2 ޖޯޑު ދިޔާ ކިރު
1 ކިއުބް މެގީ
1/2 ސައިސަމްސާ އަސޭމިރުސް
1/2 ސައިސަމްސާ ލޮނު
ޕިޒާ ހެދުމަށް
2 ޕިޒާ ފުއްގަނޑު
މޮޒަރެއްލާ ޗީޒަ
ހަދާލި މަސްކޮޅު

ތައްޔާރުކުރާނެގޮތް

1-މަސްކޮޅު ހަދާލުމަށް ތެއްޔަށް ތެޔޮ، ފިޔާ، އިނގުރު ލޮނުމެދު ޕޭސްޓް އަދި ހިކަނދިފަތް އަޅާ ފިޔާ ކޮޅު މޯޅިވެލަންދެން މީރުކޮށްލައްވާ. ފިޔާކޮޅު މޯޅިވުމުން ކުކުޅު އަޅާލައްވާ. ކުކުޅު ކޮޅު ގެ ބޭރު ރަތްވެލާވަރައް ކައްކާލައްވާ.
2-ދެން އަސޭމިރުސް، ކޮތަންބިރި، ދިރި، ރީނދޫ، ތެޅިމިރުސް، ފޮނިތޮށި، ޓޮމާޓޯޕޭސްޓް އަދި މެގީ ކިއުބް އަޅާ އެއްކޮށްފަ ދެމިނެތޓެއްވަރު ކައްކާލައްވާ. ދެން ލޮނު އަޅާ އެއްކޮށްފަ މަސްކޮޅު އުނދުންމަތިން ބާލާ ހިހޫންކޮއްލަން ބަހައްޓަވާ.
3- ވައިޓްސޯސް ހަދާލުމަށް ތެއްޔަށް ބަޓަރ އަދި ލޮނުމެދު އަޅާ ލޮނުމެދުކޮޅު ކުޑަކޮށް ތެއްލާލައްވާ، މީގެ ތެރެއަށް ފުށް އަޅާ ފުށްކޮޅު ކުޑަކޮށް ކައްކާލައްވާ ފުއްކޮޅުގެ ކުލަ ބަދަލް ނުވާވަރަށް.
4-ދެން ފުށްކޮޅު ދޭފަތަކުން ހާވަމުން މަދު މަދުން ކިރު އަޅަމުން އެއްކުރަމުން ގެންދޭ، ކިރުކޮޅު އެއްކޮށް އެޅުނީމަ މިއަށް މެގީކިއުބް، އަސޭމިރުސް އަދި ލޮނު އަޅާފަ ސޯސް ހާވަމުން ސޯސް އޮލަވަންދެން ކައްކާލައްވާ. މި ސްޓޭޖްގަ އުނދުނުގެ ހުޅު ހުއްނަން ޖެހޭނީ ވަރަށް މަޑުކޮށް، ސޯސް އޮލަވީމަ އުނދުންމަތިން ބާލާފަ ހިހޫންކޮށްލައްވާ.
5-ފިޒާ ހަދާލުމަށް ޕިޒާފުށްގަނޑު މަތީ ސޯސް ބޯކޮށް ފަތުރާލައްވާ، ދެން މަސްކޮޅު އަތުރާލައްވާ، ބޭނުން ފުޅިއްޔާ ބެލްޕެޕަރކޮޅެއް ކޮށާފަ އަތުރާލެވިދާނެ. ދެން މަޒަރެއްލާ ޗީޒް ޕިޒާ މައްޗަށް އަޅާފަ ޕިޒާގެ މަތި ކުޑަކޮށް ރަތްވެލަންދެން ފިއްސަވާ.
6-ބަކީ ހުރި ވައިޓްސޯސް އިން ދެ ސަމްސަ ސޯސް ތަށްޓަކަށް ނަގާފަ މިއަށް ހަމަ އެވަރަށް ސަބްމެރިން ސޯސް އަޅާ އެއްކޮށްލައްވާ. ސޯސްކޮޅު ޕައިޕިން ބޭގްއަކަށް ނޫނީ ސްކްއީޒް ބޮޓުލް އަކަށް އަޅާލައްވާ، ޕިޒާ މައްޗަށް މެދުން ފެށިގެން ވައްކޮށް ސޯސް މުޅި ޕިޒާއަށް އަޅާލައްވާ.