ޗިކަން ރޯޓީ

ސާވިން ސައިޒް:5 / ތައްޔާރުކޮށްލަން ނަގާނެ ވަގުތު:1 ގަޑިއިރު

ބޭނުންވާނެ ތަކެތި

މަސްކޮޅު
3 މޭޒުމަތިސަމްސަ ކުކިން އޮއިލް
300 ގުރާމް ބޯންލަސް ކުކުޅު، ކުދިކޮށް ކޮށާފަ
1 ބޮޑު ފިޔާ، ކުދިކޮށް ކޮށާފަ
1 ހިކަނދިފަތް، ކުދިކޮށް ކޮށާފަ
ރަހަލާވަރަށް ގިތެޔޮމިރުސް
1 ސައިސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
1/2 ސައިސަމްސާ ތެޅިމިރުސް
1/2 ސައިސަމްސާ ރީނދޫ
1/4 ސައިސަމްސާ މުގުރި ދިރި
1/2 ސައިސަމްސާ މުގުރި ކޮތަންބިރި
1 ސައިސަމްސާ ރާޅުކޮށް މުގުރާފަ ހުރި ހިކި މިރުސް
1/2 ސައިސަމްސާ އަސޭމިރުސް
2 އަލުވި، ފެނުކައްކަ ޗިސްކޮށްފަ
1/3 ޖޯޑު ކޮށާފަ ހުރި ލިކްސް
1 ކިއުބް މެގީ
1/2 ސައިސަމްސާ ލޮނު
1/3 ޖޯޑު ފެން
ފުށް ގަނޑު
300 ގުރާމް ފުށް
1/2 ސައިސަމްސާ ލޮނު
2 މޭޒުމަތިސަމްސާ ކުކިންއޮއިލް
ފުށްގަނޑު މޮޑެވޭ ވަރަށް ހޫނުފެން

ތައްޔާރުކުރާނެގޮތް

1-މަސްކޮޅު ހަދާލުމަށް ތެލި އުނދުންމައްޗަށް ލުމަށްފު ހުޅު މެދުމިނަށް ޖައްސާފަ ތެޔޮ ތެއްޔަށް އަޅާ ހޫނުކޮށްލައްވާ.
2-ތެޔޮކޮޅު ތެރެއަށް ފިޔާ، ހިކަނދިފަތް، އިނގުރު ލޮނުމެދު ޕެސްޓް އަދި ގިތެޔޮމިރުސް އަޅާލައްވާ. ފިޔާ ކޮޅު މަޑުވެލަންދެން ކައްކާލައްވާ، ފިޔާ މަޑުވީމަ މަސްކޮޅު އަޅާ ފިޔާކޮޅު ތެރޭ މަސްކޮޅު ރޯފިލުވާލައްވާ.
3-މަސްކޮޅު ރޯފިލީމަ ތެޅިމިރުސް، ރީނދޫ، މުގުރި ދިރި، ކޮތަންބިރި، ރާޅު މިރުސް، އަސޭމިރުސް އަދި މެގީ ކިއުބް އަޅާ މަސްކޮޅާ އެއްކޮށްލައްވާ. މިނެޓެއްވަރު ކައްކާފަ އަލުވި، ފެން އަދި ލޮނު އަޅާ އެއްކޮށްލައްވާ. ދެން ލީކްސް އަޅާ އެއްކޮށްފަ މަސްކޮޅު އުނދުންމަތިން ބާލާ. ހިހޫންކޮށްލަން ބަހައްޓަވާ.
4-ފުށްކޮޅުގެ ދަށުގައިވާ ތަކެތީގެ ތެރެއިން ފެން ނޫން ދެން ހުރި ތަކެތި ތައްޓަކަށް އަޅާ އެއްކޮށްލައްވާ، ދެން ފެން މަދު މަދުން އަޅަމުން އަތުގަ ތަތް ނުލަވާވަރު ފުށްގަނޑެށް މޮޑެލައްވާ،
5-ފުށްގަނޑު ރޮށްޓަށް ގުޅަޖައްސަވާ ސައިޒަށް ގުޅަ ޖައްސަވާ. ފުށް ގުޅައެއް ނެގުމަށްފަހު ވައްކޮށް ދަމާލާ ދަމާލި ރޮށީގެ ތިރީ ދޮޅު އިންޗި ދޫކޮށްފަ މަސްކޮޅެއް އަޅާލައްވާ ދެން ރޯލްސް ފަތްޖަހާގޮތަށް ރޯޓީ ވެސް ފަތް ޖަހާލައްވާ. މިގޮތަށް މަސްކޮޅު ހުސްވަންދެން ޗިކަން ރޯޓީ ހައްދަވާ.
6-ރޯޓީ ތަށް ހަދާނިމުމުން ތަވައެއްހޫނު ކުރުމަށް ފަހު ރޯޓީތަށް ފިއްސަވާ.