ޗިލީއޮއިލް ކުކުޅު

ސާވިންސައިޒް: 4 / ތައްޔާރުކޮށްލަން ނަގާނޭވަގުތު: ދޮޅުގަޑިއިރު

ބޭނުންވާނެ ތަކެތި

ކުކުޅު މެރިނޭޓް
1 ކިލޯގެ ކުކުޅެއް، މަސްބޯ ހިސާބުގަ ޅިޔައަޅާފަ
1 ކުޑަ މެގީ ކިއުބް
3 މޭޒުމަތީސަމްސާ ހޫނުފެން
1 ސައިސަމްސަ ގާލިކްޕައުޑަރ
1 ސައިސަމްސަ އަސޭމިރުސް
1/2 ސައިސަމްސާ ލޮނު
2 ސައިސަމްސާ ތެޅިމިރުސް
1 މޭޒުމަތީސަމްސާ ކޯންފްލާ
2 މޭޒުމަތިސަމްސާ ތެޔޮ
ޗިލީ އޮއިލް
1/4 ޖޯޑު ރާޅު ހިކިމިރުސް
1/2 ސައިސަމްސާ ތެޅިމިރުސް
1/4 ޖޯޑު ކުދިކުދި ކޮށް ކޮށާފަ ހުރި ފިޔާ
3 ލޮނުމެދު، ކުދިކުދި ކޮށް ކޮށާފަ
1 އިންޗި އިނގުރު، ކުދި ކޮށް ކޮށާފަ
1/2 ސައިސަމްސަ ލޮނު
2/3 ޖޯޑު އޮލިވް އޮއިލް ނޫނީ ކުކިން އޮއިލް

ތައްޔާރުކުރާނެގޮތް

1-ކުކުޅު މެރިނޭޓް ހަދާލުމަށް މެގީކިއުބް ތަށްޓަކަށް ލުމަށްފަހު ހޫނުފެންފޮދު އަޅާލައްވާ. ދެން މީގެ ތެރެއަށް ކުކުޅު ނޫން މެރިނޭޓް ދަށުގައިވާ ހުރިހާ ތަކެތި އަޅާ ރަނގަޅަށް އެއްކޮށްލައްވާ.
2-މެރިނޭޓްކޮޅު ކުކުޅުގަ ހާކާލައްވާ، ކުކުޅު މަތިޖެހޭތަށްޓަކަށް ލާފަ ދެގަޑިއިރު މެރިނޭޓްކޮށްލުމަށް ފްރިޖްގަ ބާނދާ.
3-އަވަން 180 ޑިގްރީއަށް ހޫނުކުރުމަށްފަހު ކުކުޅު ލައިގެން ކުކުޅު ރޯފިލަންދެން ފިއްސަވާ.
4-ޗިލީއޮއިލް ހަދާލުމަށް ޗިލީއޮއިލް ދަށުގައިވާ ތަކެތީގެ ތެރެއިން ތެޔޮ ނޫން ދެން ހުރި ތަކެތި ބިއްލޫރި ތަށްޓަކަށް އަޅާ އެއްކޮށްލައްވާ. ދެން ތެޔޮކޮޅު ރަނގަލަށް ހޫނުކޮށްފަ އެއްކޮށްލި ތަކެތީގެ ތެރެއަށް އަޅަލައްވާ.
5-ޗިލީއޮއިލްބައި އެއްކޮށް ހިހޫނވަންދެން ބަހައްޓަވާ. ކުކުޅު ފިހެވުމުން އަވަނުން ނަގާ ޗިލީއޮއިލް ކުކުޅުމަށްޗަށް އަޅަ ފަތުރާލައްވާ.