ސާވިން ސައިޒް: 4-5 / ހަދާލަން ނަގާނެ ވަގުތު: ދޮޅުގަޑިއިރު

ބޭނުންވާނެ ތަކެތި
ފޮޅި ހެދުމަށް
4 ބިސް
50 ގުރާމް ހަކުރު
160 ގުރާމް ފުށް
400 ގުރާމް ދިޔާ ކިރު
50 ގުރާމް އަންސޯލްޓަޑް ބަޓރ، މެލްޓް ކޮށްފަ
ފިޔާތޮށި ކާކުލަ (ނޫނީ އެބޭފުޅަކު ބޭނުންވާ ކުލައެއް)
ފިލިން ހެދުމަށް
250 ގުރާމް ކްރީމްޗީޒް، ފިނިކަނޑުވާފަ
1 ޖޯޑު ފިޕިން ކްރީމް
1/3 ޖޯޑު ގެރިކިރު
ޓަވަލްރޯލް މައްޗަށް އެޅުމަށް
ކޮށާފަ ހުރި ސްޓޯބެރީ
ތައްޔާރުކުރާނެގޮތް
1-ފޮޅި ހެދުމަށް އިން ބައިގެ ތެރެއިން ކާކުލަ ނޫން ބާކީ ހުރި ތަކެތި ތައްޓަކަށް އެޅުމަށް ފަހު އޮމާންވަންދެން ގިރާލައްވާ. ދެން ކުލަ ރީތި ވަރަކަށް އަޅާ ގިރާލައްވާ.
2-ތަތް ނުލަވާ ތަވައެއް މަޑުގިނީގަ ހޫނު ކުރުމަށްފަހު ބޮޑުސަމްސަލެއްހާ ފުށް އަޅާ ފަތުރާލުމައްފަހު ފޮޅި އެއްކޮށް ފިހެވި ތަވައިން ނެއްޓުނީމަ ފޮޅި ނަންގަވާ. މިގޮތަށް ހުރިހާ ފުއް ހުސްވަންދެން ފިއްސަވާ.
3-ފިލިންގެ ދަށުގައިވާ ތަކެތީގެ ތެރެއިން ކްރީމްޗީޒްކޮޅު ތައްޓަކަށް އަޅާ އޮމާންވަންދެން ގިރާލައްވާ. ދެން ވިޕިން ކްރީމް އަދި ގެރިކިރު އަޅާ ގިރާލައްވާ، މި ގިރަންޖެހޭނީ އައިސިން ހުންނަހާ ހިކި ވެލަންދެން. ގިރުނީމަ ބަހައްޓާ.
4-ޓަވަލް ރޯލް ހަދާލުމަށް ސާފު ތަނެއްގަ އެއް ފޮޅި ބާއްވާ މިއާ ފައްތަރުވާ ގޮތަށް ދެވަނަ ފޮޅި ބާއްވާ، ހަމަ މިގޮތަށް ތިން ވަނަ ފޮޅިވެސް ބާއްވާ. ދެން ފޮޅިތަށް މެދުގަ ކްރީމްޗީޒް ފަތުރާލައްވާ. ދެން މީގެ މައްޗަށް ސްޓޯބެރީކޮޅެއް އަޅާލައްވާ، އެއަށްފަހު ފޮޅި ގެ ދިގު ދެ ފަރާތް ފިލިންގެ މައްޗަށް ފަތްޖަހާލައްވާ. ދެން ފޮޅީ ގެ އެއްކޮޅުން ޓަވަލްރޯލް އޮޅާލައްވާ.
5-ޓަވަލް ރޯލް ރީތިގޮތަކަށް މަތި ޑެކަރޭޓްކޮށްފަ ކޭންބައްލަވާ. ޓަވަލް ރޯލް އެބޭފުޅަކު ބޭނުން ސައިޒަކަށް ހެދޭނެ އެވެ.
