ސާވިންސައިޒް: 7 / ތައްޔާރުކޮށްލަން ނަގާނެވަގުތު: 45 މިނެޓް

ބޭނުންވާނެ ތަކެތި
ކަސްޓަޑް
4 ޖޯޑު ފުލްކްރީމް މިލްކް
3/4 ޖޯޑު ހަކުރު
6 މޭޒުމަތީސަމްސާ ކޮކޯޕައުޑަރ
1/3 ޖޯޑު ހިކި ކިރު
8 މޭޒުމަތީސަމްސާ ކޯންފްލާ
250 ގުރާމް ޑާރކް ޗޮކޮލެޓް
30 ގުރާމް ބަޓަރ
ޑެޒާޓް ހެދުމަށް
އޯރިއޯ ބިސްކޯދު، ކްރީމްކޮޅު ނަގާފަ
ކައްކާލި ޗޮކޮލެޓް ކަސްޓަޑް
ތައްޔާރުކުރާނެގޮތް
1-ތައްޓަކަށް ފުލްކްރީމް މިލްކް، ހަކުރު، ކޮކޯޕައުޑަރ، ކޯންފްލަރ އަޅާ އެއްކޮށްލައްވާ. މިބައި ތެއްޔަކަށް ފުރާނާފަ އަޅާލައްވާ. ފުރޭނިތެރޭ ނުގިރި ހުރިބައި ފުރޭނިތެރޭ އެއްކޮށްލައްވާ.
2-ޗޮކޮލެޓް މިލްކް މިކްސްޗަރ މަޑުގިނީގަ ހާވަމުން ކައްކަންފަށާ. މިމިކްސްޗަރ ކަސްޓަޑް ވަރަށް އޮލަވީމަ އުނދުން ނިއްވާލައްވާ. މީގެތެރެއަށް ބަޓަރ އަދި ޗޮކޮލެޓް އަޅާ އެއްކޮށްލައްވާ.
3-ޑެޒާޓް ހަދާ ތަށިތެރޭ އޯރިއޯ ބިސްކޯދު އަތުރާލައްވާ. މީގެމައްޗަށް ކަސްޓަޑް ގެ ދެބައިކުޅަ އެއްބައި އަޅާ ފަތުރާލައްވާ. އަނެއްކާވެސް އޯރިއޯ ކަސްޓަޑް މަތީ އަތުރާލައްވާ.
4-ބާކީހުރި ކަސްޓަޑް އޯރިއޯމައްޗަށް އަޅާ ފަތުރާލައްވާ. ދެންވެސް އޯރިއޯ އަތުރާލައްވާ. ދެން ޑެޒާޓް އެއްކޮށް ހިހޫނވަންދެން ބާނދާ، ހިހޫނވީމަ ޑެޒާޓް ފްރިޖްގެ ފިނިކުރާބައިގަ ތިން ގަޑިއިރު ބޭންދުމަށްފަހު ސާވްކޮށްލައްވާ.
