ސާވިންސައިޒް: 7-8 / ތައްޔާރުކޮށްލަން ނަގާނޭވަގުތު: 1 ގަޑިއިރު

ބޭނުންވާނެ ތަކެތި
ޗޮކޮލެޓް ކްރީމް
1/2 ޖޯޑު ހިކި ކިރު
70 ގުރާމް ހަކުރު
50 ގުރާމް ކޮކޯޕައުޑަރ
280 އެމް އެލް ހޫނުފެން
1 ސައިސަމްސާ ވެނީލާއެސެންސް
1/2 1 ޖޯޑު ވިޕިންކްރީމް
ޗޮކޮލެޓް މެޖިކްޝެލް
160 ގުރާމް ޑާކްޗޮކޮލެޓް
100 އެމް އެލް ސަންފްލާވާއޮއިލް
ކޭކް ހަދާލުމަށް
1 ޖޯޑު ފުލްކްރީމް މިލްކް
1 އިންޗި ބޯ އަދި 8 އިންޗި ވަށް ޗޮކޮލެޓް ކޭކް އެއް (އަޅުގަނޑުބޭނުންކޮށްލީ ޗޮކޮލެޓް ކޭކްމިކްސް ކޭކް)
ތައްޔާރުކުރާނެގޮތް
1-ޗޮކޮލެޓް ކްރީމް ހަދާލުމަށް ޗޮކޮލެޓްކްރީމް ދަށުގައިވާ ތަކެތީގެ ތެރެއިން ވިޕިންކްރީމް ނޫން ދެން ހުރި ތަކެތި ތަށްޓަކަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލައްވާ. ރަނގަޅަށް އެއްވުމުން ބަހައްޓަވާ.
2-އެހެން ތައްޓަކަށް ވިޕިންކްރީމް ކޮޅު އަޅާ ރޮގުރަނގަޅަށް އެނގެންދެން ގިރާލައްވާ. ކުރިން ގިރާފަ ހުރި ބައި ވިޕިންކްރީމް ކޮޅުތެރެއަށް އަޅާލުމަށްފަހު ފޯލްޑްކޮށްލައްވާ.
3-ފިހެލާފައިން ކޭކް މިކޭކް ހަދާލަން ތައްޔާރުކޮށްފަ އިން ޓްރޭ ނޫނީ ތަށިތެރޭ ބާއްވާލައްވާ. ދެން ކިރުކޮޅު މުޅިކޭކް ފޯވާގޮތަށް އަޅާލައްވާ.
4-ކޭކްމައްޗަށް ހަދާލާފަ އިން ކްރީމް އަޅާފަތުރާލައްވާ، ދެން ކޭކްމަތީ ކްލިންގް ވަރެޕް އަޅާފަ ދެގަޑިއިރުވަންދެން ފްރިޖްގެ ފިނިކުރާބައިގަ ބާނދާ.
5-ޗޮކޮލެޓް ކޮޅު ތައްޓަކަށްއަޅާ މެލްޓްކޮށްލައްވާ، ޗޮކޮލެޓްކޮޅު މެލްޓްވީމް ތެޔޮކޮޅު އަޅާ އެއްކޮށްލައްވާ.
6-ފްރިޖްގައިން ކޭކްނަގާ ކްރީމްމަށްޗަށް މެލްޓްކޮށްލި ޗޮކޮލެޓްކޮޅު އަޅާފަ ޗޮކޮލެޓްކޮޅު ހަރުވެލަންދެން ކޭކް ފްރިޖްގަ ބައިގަޑިއިރެއްވަރު ބާނދާ.
