ޗިކަން ސަމޯސާ ވްރެޕްސް

ސާވިންސައިޒް: 4 / ތައްޔާރުކޮށްލަން ނަގާނެވަގުތު: 1 ގަޑިއިރު

ބޭނުންވާނެ ތަކެތި

މަސްކޮޅު ހެދުމަށް
4 މޭޒުމަތިސަމްސަ ކުކިން އޮއިލް
1 ސައިސަމްސަ މަސްޓަޑް ސީޑްސް
2 ހިކަނދިފަތް، ފަތްކޮޅު ވަކިން ކޮށާފަ
1 މެދުސައިޒް ފިޔާ. ކުދިކޮށް ކޮށާފަ
ރަހަލާވަރަށް ގިތެޔޮމިރުސް
2 ރަތް ޓޮމާޓޯ، ކުދިކޮށް ކޮށާފަ
1/3 ޖޯޑު ފެން
1 ސައިސަމްސާ ރީނދޫ
2 ސައިސަމްސަ ތެޅިމިރުސް
1 ސައިސަމްސާ ލޮނު’
2 އަލުވި ފެނުކައްކާ ޗިސްކޮށްފަ
1 ކުކުޅު ބްރެސްޓް. ފެނުކައްކާ ވިނުވާލާފަ
ވްރެޕްސް ހެދުމަށް
ރެޑީމޭޑް ޓޯޓިލާ ވްރެޕްސް

ތައްޔާރުކުރާނެގޮތް

1-ތެއްޔަކަށް ތެޔޮ، މަސްޓަޑް ސީޑް އަދި ހިކަނދިފަތް އަޅާ ހޫނުކޮށްލައްވާ. މަސްޓަޑް ސީޑް ކޮޅު ފަޅައިގެން ދާންފެށީމަ ފިޔާ އަދި ގިތެޔޮމިރުސް އަޅާ އެއްކޮށްލައްވާ.
2-ފިޔާކޮޅު މޯޅިވެލީމަ ޓޮމާޓޯ އަދި ފެންފޮދު އަޅާ އެއްކޮށްލައްވާ. ތެލީ މަތިޖައްސަވައިގެން ދެމިނެޓެއްވަރު ކައްކަވާ.
3-ދެން ތެލީ މަތިނަގާފަ ރީނދޫ، ތެޅި މިރުސް އަދި ލޮނު އަޅާ އެއްކޮށްފަ މީގެ ތެރެއަށް އަލުވި އަދި ކުކުޅުމަސް އަޅާ އެއްކޮށްލައްވާ. މަސްކޮޅު އުނދުންމަތިން ބާލާ ހިހޫންކޮށްލަން ބަހައްޓަވާ.
4-ޓޯޓިލާ ވްރެޕް އެއް ނަގާ ވަރެޕް މެދައް ދެ ސަމްސާ މަސްއަޅާ ފަތުރާލައްވާ. ދެން ޓޯޓިލާ ތިން ފަރާތުން މަސްކޮޅު ފޮރުވޭގޮތަށް ތިންކަނަސް ޝޭޕްއަށް ފަތްޖައްސަވާ. މި ގޮތައް މަސްކޮޅު ހުސްވަންދެން ވްރެޕްސް ހައްދަވާ.
5-ރޮށިފިހާ ތަވާ ހޫނުކޮށްފަ ކޮންމެ ވްރެޕްއެއް ދެފަރާތް ރަތްވަންދެން ފިއްސަވާ.