މުސަންމާ ރިހަ

ސާވިންސައިޒް: 4-5 / ކައްކާ ތައްޔާރުކޮށްލަން ނަގާނޭ ވަގުތު: 1 ގަޑިއިރު

ބޭނުންވާނެ ތަކެތި

500 ގުރާމް މަސް ގަނޑު ( މުސަންމާ ރިހަޔަށް ކޮށާފަ)
300 ގުރާމް މުސަންމާ ހަވާދު ޕޭސްޓް ނޫނީ ހަނާކުރި ހަވާދު ޕޭސްޓް
މަސްކޮޅު ބަނދެވޭވަރަށް ރާނބާފަތް، ތުނި ދިގަށް ބުރިކޮށްފަ
4 މޭޒުމަތީސަމްސާ ގިތެޔޮ
1/3 ޖޯޑު ކަނަމަދު، ކޮށާފަ
1/3 ޖޯޑު ހިކިމޭބިސްކަދުރު
2 ފިޔާ ރިހަޔަށް ކޮށާފަ
3 ހިކަނދިފަތް
1 މޭޒުމަތީސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
1 ގިތެޔޮމިރުސް
5 ކާފޫރު ތޮޅި
2 އިންޗި ފޮނިތޮށި
3 ޖޯޑު ފެން ކިރު
1 ޖޯޑު ބޯކިރު
1 މެގީ ކިއުބް
1 ސައިސަމްސާ ލޮނު

ތައްޔާރުކުރާނެގޮތް

1-މަސްފޮތި ތަށް ތެރޭ ހަވާދު އުގުޅާފަ މަސްފޮތިތަށް ރާބާފަތް ބޭނުންކޮށްގެން ބަނދެލައްވާ. ބާކީ ހުރި ހަވަދުކޮޅު ރިހަކައްކަން ބޭނުންކުރާނީ.
2-ތެއްޔެއް އުނދުންމައްޗަށް އުދާފަ ގިތެޔޮކޮޅު އަޅާ ހޫނުކޮށްލައްވާ، މި ގިތެޔޮކޮޅު ތެރޭ ކަނަމަދު އަދި ހިކިމޭބިސްކަދުރު އަޅާ މޭބިސްކަދުރުކޮޅު ފުފިލަންދެން މީރުކޮށްލައްވާ. މީރުވުމުން މިބައި ތަށްޓަކަށް ނަގާފަ ބަހައްޓަވާ.
3-ދެން ތެލިތެރެއަށް ފިޔާ، ހިކަނދިފަތް، އިނގުރުލޮނުމެދު ޕޭސްޓް، ގިތެޔޮމިރުސް، ފޮނިތޮށި އަދި ކާފޫރު ތޮޅި އަޅާ ފިޔާ ކޮޅު ރަތްވަންދެން ތެއްލާލައްވާ.
4-ފިޔާ ރަތްވީމަ މީގެތެރެއަށް ފެންކިރު، ބާކީހުރި ހަވަދުކޮޅު، ހަދާލި މަސްކޮޅު، މެގީކިއުބް، ހަނާކޮށްލި ކަނަމަދު އަދި މޭބިސްކަދުރުކޮޅު އަދި ލޮނު އަޅާ އެއްކޮށްލައްވާ. ދެން މަސްރޯފިލާ ރިހަ އޮލަވަންދެން ކައްކަވާ.
5-ރިހަ ކެކުނީމަ ބޯކިރުއަޅާ އެއްކޮށްފަ އުނދުންމަތިން ބާލާ.