ޑަލްގޭނޯ ފަލޫދާ

ހެދޭނެ އަދަދު : 2 ތަށި / ތައްޔ ރުކޮށްލަން ހޭދަވ ނެވަގުތު : 15 މިނިޓް

ފަލޫދާ އަކީ އަޅުގަނޑުމެން ދިވެހިންގެ ތެރޭ ވަރަށް މަޤްބޫލް ބުއިމެށް ، އަޅުގަނޑު މި މިޝެއަރ ކޮށްލަނީ
ޑަލްގޭނޯ ފަލޫދާ ތަށްޔާރު ކޮށްލެވިދާނެ ގޮތް. މި ފަލޫދާ ބެއްލެވި ކޮންމެބޭފުޅަކުވެސް ވަރަށް މީރުކަމަށް ބުނި.
އަދި މި ރަމަޟޯން މަހު ރޯދަވީލާ ގަޑިއަށް ހަދާ ލަން ވަރަށް މީރު ބުއިމަކަށް ވާނެ.
ޑަލްގޭނޯ އަސްލު މިހަދަނީ ކޮފީ، ފެން އަދި ހަކުރު އެއްވަރަށް އަޅައިގެން ކްރީމް ވަންދެން ގިރާލާފަ، މި
ކްރީމް ކިރު ތަށްޓެއްގެ މަށްޗަށް އަޅާ ލީމަ ، ނަމަވެސް ޑެލްގޭނޯ މަޝްހޫރު ވާން ފެށީމަ އެހެނިހެން ބުއިންތަކުގެ
ޑެލްގޯނާ ހަދާފަ މީސްމީޑިއާ ތަކުގަ މީހުން ޝެއަރކުރަންފެށި، އެގޮތުން އެހެން ވައްތަރުގެ ބުއިން ހަދާފަ
ކްރީމް ކުރަން ބޭނުން ކުރަނީ ވިޕިން ކްރީމް. މިގޮތަށް އަޅުގަނޑު ވެސް ޑަލްގޭނޯ ފަލޫދާ ހަދާލީ

ޑޮލްޖިނޯ ފަލޫދާ

ބޭނުންވާނެ ތަކެތި

2 ޖޯޑު ޝަރުބަތް
4 ސްކޫޕް ވެނީލާ އައިސްކްރީމް
6 މޭޒުމަތީސަމްސާ ފެނަށް އަޅާ ފޯކޮށްފަ ހުރި އިސްބަގުލު
1/4 ޖޯޑު ކުދިކޮށް ކޮށާ ފަ ހުރި ރަތް ހަލުވިދާ
1/2 ޖޯޑު ވިޕިން ކްރީމް
1/4 ޖޯޑު ގެރިކިރު

ތަށްޔާރުކުރާނެގޮތް

1- ބޯތަށްތަކަށް ވިޕިންކްރީމް އަދި ގެރިކިރު އަޅާ ވިޕިންކްރީމް އިން ރޮނގު އެނގޭވަރަށް ނޫނީ އައިސިން
ހުންނަ ވަރަށް ގިރާލައްވާ ،
2- ދެ ދިގު ތަށި ނަގާ ފުރަތަމަ ކޮންމެ ތަށްޓަކަށް ޝަރު ބަތު ތަށްޓެއް އަޅާ ލައްވާ . ދެން 2 އައިސްކްރީމް
ސްކޫޕް އައިސްކްރީމް ކޮންމެ ތަށްޓަކަށް ލާފަ، މީގެ މަށްޗަށް އިސްބަގުލު އަދި ހަލުވިދާ އަޅާ ލައްވާ .
3- ދެން ގިރި ކްރީމް ކޮންމެ ތަށްޓެއްގެ މަށްޗަށް އެއްވަރަށް އަޅާލާފަ ސާރވް ކުރަށްވާ .