ތައްޔާރުކޮށްލަން ނަގާނެ ވަގުތު: 30 މިނިޓް / ސްޓްކޮށްލަން ނަގާނެވަގުތު: 5 ގަޑިއިރު
މައިލޯ ޖެލީ މީ މައިލޯ އަދި ޗޮކޮލެޓް މީރު ބޭފުޅުންނަށް ވަރަށް ކަމުދާނެ ޑެޒާޓްއެކެވެ. އަނގަޔަށްލީމަ
ވިރިގެންދާ މި މީރު ޑެޒާޓް ހަދާލަން ވަރަށް ފަސޭހަ، ފިހާކަށް ނުޖެހޭނެ ގިރާލާފަ ސާރވްކުރާ ތައްޓަށް އަޅާފަ
ފްރިޖް ގަ ސެޓްކޮށްލީމަ ނިމުނީ ، ރޯދަމަހުގެ ސުފުރާއަށް ފޮނިއެއްޗެއް ގެ ގޮތުގަ ތަށްޔާރުކޮށްލަން އެއްވަނައިގެ
ޑެޒާޓްއެއް، އަދި ޑެޒާޓްމަށްޗަށް ބުރުވާލާ މައިލޯއިން އިތުރު މީރު ކަމެއްގެނެސްދޭ.

ބޭނުންވާނެ ތަކެތި
1 ދަޅު ގެރިކިރު
1 ދަޅު ގެރިކިރުގެ ފުލްކްރީމް މިލްކް
2 ދަޅު ނެސްލޭ ކްރީމް
1/2 1 ޖޯޑު މައިލޯ
3 މޭޒުމަތ ސަމްސާ ޖިލެޓިން
5 މޭޒުމަތީ ސަމްސާ ކެކިކެކި ހުރި ފެން
ތަށްޔާރުކުރާނެގޮތް
1-ގެރިކިރު، ފުލްކްރީމް މިލްކް، ނެސްލޭ ކްރީމް އަދި މައިލޯ މިކްސްޗަރ އަށް އަޅާ ގިރާލައްވާ.
2-ގިރާލި މައިލޯ ތަށްޓަކަށް އަޅާލައްވާ. ކުޑަ ބޯތަށްޓަކަށް ޖިލެޓިން އެޅުމަށްފަހު ކެކިކެކި ހުރި ފެން
އަޅާ މިނެޓެއްވަރު ބަހައްޓާލާފަ ގިރާލައްވާ.
3-ދެން ޖިލެޓިންކޮޅު ފުރާނާލާފަ މައިލޯ ކޮޅުތެރެއަށް އަޅާއެއްކޮށްލައްވާ. ޖެލީ ސެޓްކުރާ ޓްރޭ ތެރެއަށް
އަޅާފަ މަތީ ޕްލާސްޓިކް ވްރެފް އަޅާފަ ފްރިޖްގެ ފިނިކުރާބައިގަ މަދުވެގެން ފަސް ގަޑިއިރު
ބޭންދުމަށްފަހު ނަގާ ޖެލީ މަށްޗަށް މައިލޯ ބުރުވާލާފަ ސާރވް ކޮށްލާ.
