ފުރުޓް ސިލްކް ހަލުވިދާ

ހަލުވިދާ ހަދާލަން ހޭދަވާނީ: 2 ގަޑިއިރު / މި ހަލުވިދާއިން : 6-7 މީހުނަށް ކެވޭނެ

ފުރުޓް ސިލްކް ހަލުވީދާ މީ މެލޭޝިޔާ އަދި އިންޑޮނޭޝިޔާގަ ވަރަށް ގިނައިން ހަދާއުޅޭ ހަލުވިދާއެކެވެ، އެކަމު އެގައުމުތަކުގަ މި ހަލުވިދާ އަށް އެގައުމުތަކުގެ ބަހުން ކިޔަނީ ފުރުޓް މިލްކް ޕުޑިންނެވެ. އެ ގައުމުތަކުގަ މި ހަލުވިދާ ހަދާއިރު މިއަށް އަޅާއުޅެނީ އަގަރ އަގަރ ޕައުޑަރ އެވެ. ނަމަވެސް އަގަރ އަގަރ ޕައުޑަރ ގިނަފިހާރަ ތަކުން ލިބެން ނުހުންނާނެތީވެ އަޅުގަނޑު މީގަ ބޭނުންކޮށްލީ އަގަރ އަގަރ ލީފް ޕެކެޓް(ހަލުވިދާ ހަދާ ޕެކެޓް) އެވެ. މީ ކޮންމެ ރަށެއްގެވެސް ގިނަ ފިހާރަތަކުން ލިބެން ހުންނާނެއެއްޗަކަށް ވާނެތީއެވެ. މި ހަލުވިދާ މީ އަނގަޔަށް ވިރިގެންދާ އަދި ފުރުޓްކޮޅު ކާލެވޭ މީރު ހަލުވިދާއެކެވެ. މި ހަލުވިދާ އަކީ ހާއްސަ ކެއުންތަކުގަ ހަދާލަން ވަރަށް ކަމުދާނެ ބަލާލަން ރީތި ފޮނިއެއްޗަކަށް ވާނެއެވެ. މި އީދުގަ މި ހަލުވިދާ ހަދާލުން ކިހިނެއްވާނެތޯ؟

ބޭނުންވާނެ ތަކެތި

މިލްކް ބައި
4 ޖޯޑު ފުލްކްރީމް މިލްކް
1/2 1 ޖޯޑު ގެރިކިރު
1/2 ޕެކެޓް އަގަރ އަގަރ
1/2 ސައިސަމްސާ ވެނީލަރއެސެންސް

އެތެރެ ފެންނަ ބައި
600 އެމްއެލް ފެން
170 ގުރާމް ހަކުރު
2 މޭޒުމަތިސަމްސާ ލުނބޯހުތް
1/2 ޕެކެޓް އަގަރ އަގަރ

ސިލްކް ހަލުވީދާ އަށް އިތުރަށް ބޭނުންފުޅުވާނެ ތަކެތި
ސްޓޯބެރީ، ކިވީ، މެންޑަރިން، ގެރޭޕްސް (ބޭނުންވައްތަރެއްގެ ފްރެޝްފުރުޓްސް) ރީތި ގޮތަކަށް ކޮށާފަ

ތަށްޔާރުކުރާނެގޮތް

1-ފުލްކްރީމް މިލްކް އަދި ގެރިކިރު ތެއްޔަކަށް އަޅާފަ އުނދުން ރޯކޮށްފަ އުނދުންމަތީ ތެލި ބާންދައިގެން ކައްކަން ފަށާ، ކިރު ހޫނުވުމުން ހަލުވިދާ އަޅާ އެއްކޮށްފަ ހަލުވިދާ ވީހާ ގިނައިން ކިރުތެރޭ ވިރޭވަރަށް ކަށްކާލައްވާ (ހަލުވިދާ ކިރުތެރޭ އެއްކޮށް ނުވިރުން އެކަށީގެންވޭ) ހަލުވިދާ ކިރު ތެރޭ ބޮޑުބައި ވިރުނީމަ ވެނީލަރ އެސެންސް އަޅާ އެއްކޮށްފަ އުނދުންމަތިން ބާލާ ހިހޫންކޮށްލަން ބަހައްޓަވާ.

2-މިލްކް އެއްކޮށް ހިހޫންވުމުން ފުރާނާފަ ބޭނުންފުޅުވާ ތަށްޓަކަށް އަޅާފަ ފްރިޖްގެ ފިނިކުރާބައިގަ ސެޓްވަންދެން ބާނދާ.

3-ތެއްޔަކަށް ފެން އަދި ހަކުރު އަޅާ އެއްކޮށްފަ، އުނދުން ރޯކޮށްފަ އުނދުންމަތީ ތެލި ބާނދައިގެން ހަކުރު ފެން ތެރޭ ގިރެންދެން ހާވަމުން ކައްކާ ލައްވާ. ހަކުރު ގިރުނީމަ ހަލުވިދާ އަޅާ ހަލުވިދާ އެއްކޮށް ފެންތެރޭ ވިރެންދެން ކައްކާލައްވާ، ހަލުވިދާ ވިރުނީމަ ލުނބޯހުތް އަޅާ އެއްކޮށްފަ ތެލި އުނދުންމަތިން ބާލާ ތެލީގަ ހުރި ލުނބޯހުތު ފެން ހިހޫންކޮށްލަން އެހެން ތަށްޓަކަށް އަޅާފަ ބަހައްޓާ.

4-ކުރިން ސެޓްކުރަން ބޭންދި ކިރު ސެޓްވުމުން މީގެ މަތީ ފުރުޓްތަށް ރީތި ގޮތަކަށް އަތުރާލައްވާ.

5-ހިހޫންކުރަން ބޭނދި ލުނބޯހުތު ފެން އެއްކޮށް ހިހޫންވީމަ މަޑުމަޑުން ފުރުޓްތަށް މަށްޗަށް އަޅާލައްވާ. އަނެއްކާވެސް އެތެރެފެންނަ ލޭޔަރ ސެޓްވަންދެން ފްރިޖްގެ ފިނިކުރާބައިގަ ބާނދާ.

6-ހަލުވިދާ އެއްކޮށްސެޓްވީމަ ސާރވްކޮށްލާ.