މިޕިޒާއިން ކެވޭނީ: 2-3 މީހުނަށް/ތައްޔާރުކޮށް ކައްކާލަންނަގާނީ: 15 މިނެޓް
މީ ވަރަށް އަވަހައް ޕިޒާއެއް ތަށްޔާރުކޮށްލަން ބޭނުންނަމަ ހަދާލެވިދާނެ މީރު ޕިޒާއެކެވެ. މި ޕިޒާ ކާއިރު ގިރާލި ފުށްގަނޑަކުން ހަދާލި ޕިޒާއެއްހެނެއް އެއްގޮތަކަށްވެސް ހިއެއް ނުވެއެވެ. މި ޕިޒާފުށްގަނޑަށް އީސްޓް އެޅިކަމުގަ ވިއަސް ޕްރޫފް ކުރަން ބަހައްޓާކަށް ނުޖެހޭނެއެވެ. ޕުރޫފްނުކޮށް ފުށްގަނޑު ހެދީމަ ފުށްގަނޑު މަޑެއް ނުވާނެއެވެ. ޕިޒާގެ ފުށްގަނޑާ ވަރަށް އެއްގޮތް ވާނެއެވެ. މި ރޯދަމަހުގެ ދުވަހަކު މި ޕިޒާ ހަދާލަން ކިހިނެއް ވާނެތޯ؟

ބޭނުންވާނެ ތަކެތި
2/3 ޖޯޑު ފުށް
1 މޭޒުމަތީސަމްސާ ތެޔޮ
1/2 ސައިސަމްސާ ލޮނު
1/2 ސައިސަމްސާ އިންސްޓަންޓް އީސްޓް
ފުށްކޮޅު ގިރޭވަރަށް ފެން
1/2 ޖޯޑު ޕިޒާ ސޯސް
ޕެޕަރޯނީ
1/2 ޖޯޑު ކޮށާފަ ހުރި ފެހި ބެލްޕެޕަރ
ގާނާފަ ހުރި މޮޒަރެއްލާ ޗީޒް
ތައްޔާރުކުރާނެގޮތް
1-ތަށްޓަކަށް ފުރަތަމަ އިން 4 ބާވަތް އަޅާ އެއްކޮށްލައްވާ. ދެން ފެން ބަލައިގެން މަދު މަދުން އަޅާ އެއްކުރަމުން އޮލަ ފުށްގަނޑެއް ގިރާލާ. މި ފުށްގަނޑުގެ އޮލަމިން ހުންނަންވާނީ ކުޑަ ސަމްސަލެއް ފުށްގަނޑުތެރެއަށް ލާފަ ނެގުމުން ފުށް ސަމްސަލުގަ ރަނގަޅަށް ހިފާފަ ހުންނަވަރަށެވެ.
2-ތަތްނުލަވާ ތަވައަކަށް ސަމްސަލެއްހާ ތެޔޮ އަޅާ އުނގުޅާލާފަ ހޫނުކޮށްލައްވާ. ދެން ގިރާލި ފުށް އަޅާ އެއްވަރަށް ފަތުރާލާފަ މަތި އޮމާންކޮށްލައްވާ.
3-ފުށްގަނޑު ހިކުނީމަ ޕިޒާ ސޯސް އަޅާ އެއްވަރަށް ފަތުރާލާ، މީގެ މަތީ ޕެޕަރޯނީ ތަށް އަތުރާލާ، ދެން ބަލްޕެޕަރ ކޮޅު އަތުރާލައްވާ.
4-ބެލްޕްޕަރ މަށްޗަށް ޗީޒް އަޅާ ފަތުރާލައްވާ. ތަވާ މަތިޖަހައިގެން މަޑުގިނީގަ ޗީޒްމެލްޓްވެ، ޕިޒާގެ އަޑި ރަތްވެލަންދެން ކައްކާލާ. ޗީޒް މަތިން ބޮކިޖަހަންފެށީމަ އުނދުންމަތިން ބާލާ. ހޫނުކޮށްހުއްޓަ ސާވްކޮށްލާ.
