މިއައިސްކްރީމްއިން: 5 މީހުނަށް ކެވޭނެ/ ތައްޔާރުކޮށްލަން: 45 ނިނެޓް/ އައިސްކްރީމް ގަނޑުވާން: 8 ގަޑިއިރު
ވިއެނެޓަރ އައިސްކްރީމްއޭ ބުނީމަ ކުޅުދިޔާ ނުވާނެ މީހަކު ހުންނާނެހެނެއްހިއެއްނުވެއެވެ. މި ރެސިޕީގަ އަޅުގަނޑު މިގެނެސްދެނީ ގޭގަ ވިއެނެޓަރ އައިސްކްރީމް ތައްޔާރުކޮށްލެވިދާނެގޮތެވެ. މީ ވެނީލަރ ވިއެނެޓަރ އައިސްކްރީމްއެވެ. މި އައިސްކްރީމް އެހާމީރުވެފަ މަޝްހޫރީ ކްރީމީ އައިސްކްރީމް ފަށަލަޔަކަށް ފަހު ތުނި ޗޮކޮލެޓް ފަށަލައެއް އިންނާތީއެވެ. މި ރޯދަމަހުގެ ދުވަހެއްގަ މި އައިސްކްރީމް ހަދާލަން ވަރަށްކަމުދާނެއެވެ.

ބޭނުންވާނެ ތަކެތި
150 ގުރާމް ޗޮކޮލެޓް
375 އެމް އެލް ވިޕިން ކްރީމް
3/4 ދަޅު ގެރިކިރު
4 މޭޒުމަތީސަމްސާ ހިކިކިރު
1 ސައިސަމްސާ ވެނީލާއެސެންސް
1 ޖޯޑު ވިޕިންކްރީމް، ވިޕްކޮށްފަ
2 މޭޒުމަތީސަމްސާ ކޮކޯޕައުޑަރ
ތައްޔާރުކުރާނެގޮތް
1-އައިސްކްރީމް ހެދުމަށް 8×4 އިންޗި ޕާންފިހާ ޓްރޭ އެއްގެ އެތެރޭ ކްލިންގްފިލްމް ރަނގަޅަށް އަޅާލާ. ކްލިންގްފިލްމް އަޅާއިރު ޓްރޭގެ ބޭރަށް 3 އިންޗިވަރު ކޮންމެ ސައިޑަކުން އޮންނަގޮތަށް އަޅާލައްވާތި، އޭރުން އައިސްކްރީމް ޓްރޭއިން ނަގަން ފަސޭހަވާނެ.
2-ޗޮކޮލެޓްކޮޅު ކޮށާލާފަ 30 ސިކުންތު މައިކްރޯވޭވްކޮށްލައްވާ، ޗޮކޮލެޓްކޮޅު އެއްކޮށްލާއިރު މެލްޓްނުވަންޏާ އިތުރު 30 ސިކުންތު މައިކްރޯވޭވްކޮށްލައްވާ.
3-ޗޮކޮލެޓް މެލްޓްވީމަ ހަތަރެސްކަން ބޭކިން ޕޭޕަރ ކޮޅެއްނަގާ ޗޮކޮލެޓްކޮޅު ބޭކިންޕޭޕަރ މައްޗަށް އަޅާލައްވާ. އިތުރު ބޭކިންޕޭޕަރކޮޅެއް ނަގާ ޗޮކޮލެޓްކޮޅުމަތީ އަޅާލާ، ދެން ވީހާވެސް ތުނިކޮށް ފަތުރާލައްވާ، އަޅުގަނޑު ބޭނުންކޮށްލީ ކުޑަ ފުށްދަމާ ރޯލާއެއް ޗޮކޮލެޓްކޮޅު އެއްވަރަށް ފެތުރުމަށް، ތުނިކޮށް ފެތުރުނީމަ ޗޮކޮލެޓް ހުރި ކަރުދާސްގަނޑު ބޮންޑިނުވާ ވަރުގެ ޓްރޭއެއް ނޫނީ ކޭކްބޯޑެއް މައްޗަށް ލާފަ އައިސްއަލަމާރިއަށް ލާ. ޗޮކޮލެޓްކޮޅު ހަރުވީމަ ނަގާ ތައްޔާރުކޮށްލި ޓްރޭ އަށް ވުރެއް ކުދި ސައިޒަށް ބިންދާފަ އައިސްކްރީމް ގިރެންދެން ފްރިޖް ގަ ބަހައްޓަވާ.
4-މިކްސާ އަކަށް ވިޕިންކްރީމް، ގެރިކިރު، ވެނީލަރއެސެންސް އަދި ހިކި ކިރު އަޅާ އޮލަވަންދެން ގިރާލައްވާ، އައިސްކްރީމް މެލްޓްވީމަ ހުންނަ ކޮންސިސްޓަންސީއަށް.
5-ތައްޔާރުކޮށްލި ޓްރޭ ނަގާ ޓްރޭގެ ހަތަރުބައިކޮށްފަ އެއްބަޔަށް އައިސްކްރީމް އަޅާ ފަތުރާލާ ދެން ޗޮކޮލެޓް ލޭޔަރއެއް އަތުރާލާ، އަނެއްކާވެސް އައިސްކްރީމް ލޭޔަރ އެއް، ދެން ޗޮކޮލެޓް ލޭޔަރ އެއް މިގޮތަށް 4 ލޭޔަރ އަޅާލައްވާ. ހަތަރު ލޭޔަރ އިން ޓްރޭ ފުރެންވާނެއެވެ، އެއްމެ މަތީ އައިސްކްރީމް ލޭޔަރ އެކެވެ. އައިސްކްރީމް ޓްރޭ މަތީ ކްލިންގްފިލްމް އަޅާ ރަނގަޅަށް ބަންދުކޮށްފަ އައިސްކްރީމް ގަނޑުވަންދެން ފްރީޒްކޮށްލައްވާ.
6-އައިސްކްރީމް ގަނޑުވީމަ ފްރިޖްއިން ނަގާ އައިސްކްރީމް ޓްރޭއިން ނަގާފަ ސާވިން ތަށްޓަށް ލާފަ ކްލިންފިލްމް ނަގާލާ، ސްޕެޓިއުލަރ އެއް ބޭނުންކޮށްގެން މަތި އޮމާނކޮށްލައްވާ.
7-އައިސްކްރީމް މަތީ ވިޕިންކްރީމް ލޭޔަރ އެއް އަޅާލައްވާ. ދެން މައްޗަށް ކޮކޯޕައުޑަރ ބުރުވާލާފަ ސާވްކޮށްލައްވާ.
