ލަންޗިއަން މީޓް ގޯލްޑަން ފަރައިޑް ރައިސް

މިބަތުން ކެވޭނީ:4-5 މީހުނަށް/ތައްޔާރުކޮށް ކައްކާލަންނަގާނީ: 20 މިނެޓް

ގޯލްޑަން ފްރައިޑް ރައިސް މީ ގަދީމީޒަމާނުގަ ޗައިނާގެ ޝާހީއާއިލާ ތަކުގަޔާ ފޯރާ އާއިލާތަކުގަ ކާން ތައްޔާރުކޮށްއުޅުނު ޝާހީ ބަތެއް ކަމުގަ ޗައިނާގެ ތާރީހުން އިނގެން އޮވެއެވެ. މި ބަތުގެ ގޯލްޑަން ކުލަ އަށްނަނީ ބަތް ފްރައިކުރުމުގެ ކުރިން ބަތަށް ބިހުގެ ރީނދޫބައި އަޅާ އެއްކޮށްފަ ފަރައި ކޮށްލަން ތާހައް އަޅާތީއެވެ. އަދި މި ބަތުގަ އެހެން ފަރައިޑް ރައިސްއަށް ވުރެއް ބިސް ބޭނުންކޮށްލާވަރު ގިނަވީމަވެސްމެއެވެ.

މިބަތުގަ އާނމުކޮށް ބޭނުންކުރަނީ ރަތްބިހެވެ އެއީ ރަތްބިހުގެ ގޮބޮޅި ރީނދޫކުލަ ގަދަވާނެތީއެވެ، އަޅުގަނޑުއަތުގަ ރަތްބިސް ނެތުމުން އަޅުގަނޑުބޭނުންކޮށްލީ އާދައިގެ ބިހެވެ. މިހެންވެ މި ބަތުގެ ކުލަ މަޑީއެވެ.

ބޭނުންވާނެ ތަކެތި

3 ޖޯޑު ކައްކާފަ ފިނިކޮށްފަ ހުރި ބަތް (1 ދުވަސް ވެފަހުރި)
4 ބިސް (ރީނދޫބަތް އަދި ހުދުބައި ވަކިކޮށްފަ)
1 ސައިސަމްސާ ސްޓޮކްޕައުޑަރ
1 ސައިސަމްސާ ލޮނު ނޫނީ ސިސޭމްއޮއިލް
1/4 ސައިސަމްސާ އަސޭމިރުސް
4 މޭޒުމަތިސަމްސާ ތެޔޮ
1 ލަންޗިއަން މީޓް ދަޅު. ކުދިކޮށް ކޮށާފަ
3 ލޮނުމެދު، ޗޮޕްކޮށްފަ
1 ސްޕްރިންގް އަނިއަން، ހުދުބައި އަދި ފެހިބައިވަކިން ކޮށާފަ

ތައްޔާރުކުރާނެގޮތް

1-ބޯތަށްޓަކަށް، ބަތް، ބިހުގެ ރީނދޫބައި، ސްޓޮކްޕައުޑަރ،އަސޭމިރުސް އަދި ލޮނު އަޅާ މޮޑެލާ. ރަނގަޅަށް އެއްވީމަ ބަހައްޓަވާ.
2-ތެއްޔެއްގަ 2 މޭޒުމަތީސަމްސާ ތެޔޮ އަޅާ ހޫނުކޮށްލައްވާ. ތެޔޮ ހޫނުވުމުން ލަންޗިއަން މީޓް އަޅާ ރަތްވަންދެން ކައްކާލާ، ރަތްވުމުން ލަންޗިއަންމީޓް ތަށްޓަކަށް ނަގާފަ ބަހައްޓްވާ. ހަމަ މި ތެލީތެރެއަށް ބިހުގެ ހުދުބައި އަޅާ ހުދުބައި ސްކްރެންބްލް ކޮށްފަ ތަށްޓަކަށް ނަގާފަ ބަހައްޓަވާ.
3-ތެލީގެ އެތެރެ ސާފުކޮށްލައްވާފަ ދެން އިން ތެޔޮ ކޮޅު އަޅާ ހޫނުކޮށްލައްވާ، ހޫނުވުމުން ލޮނުމެދު، ސްޕްރިންގް އަނިއަންގެ ހުދުބައި އަދި ގިތެޔޮމިރުސް އަޅާ ދެމިނެޓެއްވަރު ހާވަމުން ކައްކާލާ.
4-ދެން ބަހައްޓާފަހުރި ބަތް އަޅާ ހާވަމުން ބަތްކޮޅު ފްރައިކޮށްލައްވާ، ބަތް ތަތް ނުލަވާ ހިކުނީމަ ލަންޗިއަން މީޓް ،ބިހުގެ ހުދުބައި އަދި ސްޕްރިނގް އަނިއަންގެ ފެހި ބައި އަޅާ އެއްކޮށްފަ އުނދުންމަތިން ބާލާ ސާރވްކޮށްލައްވާ.