ޑަލްގޯނާ ޗީޒްކޭކް ޑެޒާރޓް

ސާވިންސައިޒް: 6 / ހަދާލަންނަގާނެ ވަގުތު: 30 މިނެޓް

ޑަލްގޯނާ އަކީ ކޮފީ، ހަކުރު އަދި ފެން އެއްކޮށްގެން ކްރީމީ ވަންދެން ގިރާ ކޮފީއަށް ކިޔާނަމެކެވެ. ގިރުމަށްފަހު ހޫނު ނޫނީ ފިނި ކިރު އަށް އަޅާ ސާވް ކުރަނީއެވެ. މީ 1997 ވަނަ އަހަކު ކޮރިއާއިން އީޖާދުކުރި ކޮފީ ގިރާ ގޮތެކެވެ. މި ޑެޒާޓް އަކީ ޗީޒްކޭކް މިކްސްޗަރ މަށްޗަށް ޑަލްގޯނާ އަޅާފަ ތަށްޔާރުކޮށްލާ ޑެޒާޓްއެކެވެ. ކޮފީ މީރުކޮންމެ ބޭފުޅަކަށްވެސް ވަރަށް ކަމުދާނެ ޑެޒާޓްއެކެވެ.

ބޭނުންވާނެ ތަކެތި

2 ޖޯޑު ފުނޑުވާފަ ހުރި މާރީބީސްކޯދު
42 ގުރާމް ބަޓަރ މެލްޓްކޮށްފަ
250 ގުރާމް ކްރީމްޗީޒް، ފިނިކަނޑުވާފަ
1/2 ޖޯޑު ގެރިކިރު
4/3 ޖޯޑު ވިޕިންކްރީމް
27 ގުރާމް ކޮފީ
60 ގުރާމް ހަކުރު
75 އެމް އެލް އައިސް ފެން

ތައްޔާރުކުރާނެގޮތް

1-ބިސްކޯދު ތެރެއަށް ބަޓަރ އަޅާ އެއްކޮށްލައްވާ. ރަނގަޅަށް އެއްވުމުން ޑެޒާރޓް ހަދާ ޓްރޭ ނޫނީ ތަށި ތެރޭ ބިސްކޯދު އަޅާ ފަތުރާލުމަށްފަހު ފިއްތާ އެއްވަރުކޮށްފަ ބަހައްޓަވާ.
2-ބޯތަށްޓަކަށް ކްރީމްޗީޒްއަޅާ އޮމާންވަންދެން ގިރާލައްވާ، ދެން ގެރިކިރު އަދި ވިޕިންކްރީމް އަޅާ އޮލަވަންދެން ގިރާލައްވާ. ކްރީމްޗީޒް މިކްސްޗަރ އޮލަވުމުން ތަށްޔާރުކޮށްލި ޓްރޭ ތެރެއަށް އަޅާ ފަތުރާލާފަ ފަރިޖްގަ ބަހައްޓަވާ.
3-ސާފު ބޯތަށްޓަކަށް ކޮފީ، ހަކުރު އަދި 5 ސައިސަމްސާ ފެން އަޅައިގެން ގިރަންފަށާ، މި މިކްސްޗަރ ހިކެންފެށީމަ އިތުރު ފެން ފޮދެއް އަޅާ އަނެއްކާވެސް މިކްސްޗަރ އޮލަވަންދެން ގިރާލައްވާ، މިގޮތަށް ފެންފޮދު އެއްކޮށް ހުސްވަންދެން ގިރާލައްވާ، އައިސިން ހުންނަވަރަށް ހިކެންދެން ގިރާލައްވާ.
4-ފްރިޖަށްލީ ޓްރޭ ނަގާފަ މީގެ މައްޗަށް ޑަލްގޯނާ އަޅާ ފަތުރާލުމަށްފަހު މަދުވެގެން 3 ގަޑިއިރު ފްރިޖްގެ ފިނިކުރާބައިގަ ބެހެއްޓުމަށްފަހު ސާރވްކޮށްލައްވާ.