ފެރެންޗް ޓޯސްޓް ޓޫނާ ޕިޒާ

މީގެން ހަދާލެވޭނީ: ސަބްމެރިން ބަން ގެ 4 ފަޅި/ ތައްޔާރުކޮސްލަން ނަގާނެވަގުތު: 40 މިނެޓް

ފްރެންޗް ޓޯސްޓް އަށް ފްރާންސްގަ ކިޔާ އުޅެނީ “ޕެއިން ޕޭދޫ” މާނަޔަކީ ގެއްލިފައިވާ ޕާން. ފްރެންޗް ޓޯސްޓްމީ ކާބޯތެކެތި ވަރަށް ތަދުޒަމާނުގައި ނުބައިވާން ކައިރިވެފައިވާ ޕާން ނުބައިވެ ކެވޭވަރު ނުވުމުގެ ކުރިން އޭގެން މީރު ކާއެއްޗެއް ހަދާލުމަށް ހަދައިއުޅުނު ޑިޝްއެކެވެ. މި ޑިޝް އަށް ފްރެންޗް ޓޯސްޓް މި ނަން ދެވިފައި ވަނީ 1724 ވަނަ އަހަރު ޖޯސެފް ފްރެންޗް ކިޔާމީހެއް އީޖާދުކުރި ޑިޝްއަކަށް ވާތީވެއެވެ. ފްރެންޗް ޓޯސްޓް ގެ މީރުކަމަކީ މީގަ ބޭނުންކޮށްލާ ބަނަސް ނޫނީ ޕާން ބޭރު ކްރިސްޕީވެފަ އެތެރެ މަޑުކޮށް އިނަނާތީއާއި 2 ވައްތަރުގެ ޗީޒް ބޭނުންކޮށްލާތީއެވެ. އަޅުގަނޑު މި ޑިޝް އެކި ފިލިން އަޅައިގެން ހަދާއުޅެމެވެ. މި ރެސިޕީގަ ބޭނުންކޮށްލީ މަސްދަޅު އެވެ. މި ރޯދަމަހު ހަދާލަން ވަރަށް ކަމުދާނެ ޑިޝްއެކެވެ.

ބޭނުންވާނެ ތަކެތި

ފިލިން
3 މޭޒުމަތިސަމްސާ ސަންފްލާވަރ ތެޔޮ
3 ލޮނުމެދު، ޗޮޕްކޮށްފަ
2 ސައިސަމްސާ ޗޮޕްކޮށްފަ ހުރި ގިތެޔޮމިރުސް
1/2 ޖޯޑު ޕީލްޑްޓޮމާޓޯ، ޗޮޕްކޮށްފަ
1/3 ޖޯޑު ޓޮމާޓޯސޯސް
1/3 ޖޯޑު ފެން
2 ސައިސަމްސާ އިޓާލިއަން ސީސަނިން ނޫނީ އޮރެގާނޯ
1/2 ސައިސަމްސާ ލޮނު
1 ސައިސަމްސާ ސްޓޮކްޕައުޑަރ ނޫނީ މެގީ ކިއުބް އެއް
1 ދަޅުމަސް، ފެން ނޫނީ ތެޔޮ އޮށްސާލާފަ
ޓޯސްޓް ހަދާލުމަށް
2 ސަބްމެރިން ބަނަސް، ދިގަށް ފަޅިކޮށްފަ
1/2 ޖޯޑު ގާނާފަ ހުރި މޮޒަރެއްލާ ޗީޒް
1/2 ޖޯޑު ގާނާފަހުރި ޗެޑަރޗީޒް

ތައްޔާރުކުރާނެގޮތް

1-ތެއްޔަކަށް ތެޔޮކޮޅު އަޅާ ހޫނުކޮށްލައްވާ، ދެން ލޮނުމެދު އަދި މިރުސް އަޅާ ލޮނުމެދު ކޮޅު ރަތްކޮށްލައްވާ.
2-ލޮނުމެދު ރަތްވުމުން ޕީލްޑްޓޮމާޓޯ. ޓޮމާޓޯސޯސް، ފެން، އިޓާލިން ސީސަލިން، ލޮނު އަދި ސްޓޮކްޕައުޑަރ އަޅާ އެއްކޮށްލައްވާ.
3-ސޯސް އޮލަވުމުން މަސްދަޅު އަޅާ އެއްކޮށްފަ އުނދުންމަތިން ބާލާ.
4-ބަން ފަޅިތަށް ޓްރޭއެއްގަ އަތުރާލައްވާ ދެން ކޮންމެ ބަންފަޅިއެއްމަތީ މަސްސޯސް އަޅާ ފަތުރާލައްވާ.
5-ތައްޓަކަށް ދެވައްތަރު ޗީޒް އަޅާ އެއްކޮލައްވާ. ކޮންމެ ބަންފަޅިއެއްމަށްޗަށް ޗީޒް އަޅާލައްވާ.
6-އަވަން 200 ޑިގްރީއަށް ހޫނުކުރުމަށްފަހު ބަންތަށް ލާފަހުރި ޓްރޭ އަވަން އަށް ލައިގެން 15 ނޫނީ 20 މިނެޓް ފިއްސަވާ، ބަންފަޅިތަށް ރަތްވެލަންދެން، އަވަންއިން ނާގާ ސާވް ކޮށްލައްވާ.