ނާޗޯ ޗިކަން ޓާކޯސް

ސާވިން ސައިޒް: 6 / ހަދާލަން ނަގާނެވަގުތު: 2 ގަޑިއިރު

ބޭނުންވާނެ ތަކެތި

މަސްކޮޅު
250 ގުރާމް ބޯންލަސް ޗިކަން، ކުދިކޮށް ކޮށާފަ
1 ކުޑަ ފިޔާ، ޗޮޕްކޮށްފަ
1 ސައިސަމްސާ އިނގުރުލޮނުމެދު ޕޭސްޓް
ގިތެޔޮމިރުސް (ރަހަލާވަރަށް)
2 މޭޒުމަތީސަމްސާ އޮއިސްޓަރ ސޯސް
1 ސައިސަމްސަ ޕެޕްރީކަރ
1/2 ސައިސަމްސާ އަސޭމިރުސް
1 ސައިސަމްސާ ތެޅިމިރުސް
1 ސައިސަމްސަ ކުކުޅު ހަވާދު
2 ސައިސަމްސާ ޓޮމާޓޯޕޭސްޓް
4 މޭޒުމަތީސަމްސާ ތެޔޮ
1 ސައިސަމްސާ ޗިކަން ސްޓޮކްޕައުޑަރ
1/2 ސައިސަމްސާ ލޮނު
ސޯސް
1/2 ޖޯޑު މެޔޮނައިސް
1 މޭޒުމަތީސަމްސާ ގިތެޔޮމިރުސް ސޯސް
1 މޭޒުމަތިސަމްސާ ކެޗަޕް
2 މޭޒުމަތިސަމްސަ ކްރީމްޗީޒް ސްޕްރެޑް
ޓާކޯހެދުމަށް
3 ޕެކެޓް ނާޗޯޗިޕަސް
1/2 ޖޯޑު ޕިޒާ ނުނީ ބާބަކިއޫ ސޯސް
5 ކުދި ސައިޒް ޓޯޓިލާ
ރޯމޭނިއަން ލެޓިއުސް ކޮށާފަ
2 ރަތް ޓޮމާޓޯ ޗޮޕްކޮށްފަ

ތައްޔާރުކުރާނެގޮތް

1-މަސްކޮޅުތެރެއަށް އޮއިސްޓަރ ސޯސް، ޕެޕްރިކާ، އަސޭމިރުސް. ތެޅިމިރުސް. ކުކުޅު ހަވާދު، ޓޮމާޓޯޕެސްޓް، ލޮނު އަދި ސްޓޮކްޕައުޑަރ އަޅާ އެއްކޮށްފަ ބަހައްޓަވާ.
2-ތެއްޔަކަށް ތެޔޮކޮޅު އަޅާފަ ފިޔާ، އިނގުރުލޮނުމެދުޕޭސްޓް އަދި ގިތެޔޮމިރުސް އަޅާ ފިޔާ މޯޅިވެލަންދެން ކައްކާލައްވާ. މީގެ ތެރެއަށް ކުކުޅު ކޮޅު އަޅާ ރޯފިލަންދެން ކައްކާލައްވާ. ކުކުޅުކޮޅު އެއްކޮށް ހިކުނީމަ ތައްޓަކަށް ނަގާފަ ބަހައްޓަވާ.
3-ނާޗޯ ޗިޕަސް ފުޑްޕްރޮސެސަރ ނޫނީ މިކްސްޗަރ އަކަށް އަޅާ ފުނޑުވާފަ ބަހައްޓަވާ، ޓޯޓިލާއެއް ނަގާފަ ޓޯޓިލާ މައްޗަށް ދެ މޭޒުމަތީސަމްސާ ބާބަކިއޫސޯސް އަޅާ މުޅި ޓޯޓިލާގަ އުނގުޅާލައްވާ. ދެން މި ސޯސް އުނގުޅާލިބައި ފުނޑުކޮށްފަހުރި ނާޗޯޗިޕްސް މަތީބާއްވާ ރަނގަޅަށް ނާޗޯޗިޕްސް ކުނޑި ހިފާލަންދެން ޓޮޓިލާ އޮއްބާލައްވާ، މިގޮތައް ހުރިހާ ޓޯޓިލާއެއް ހައްދަވާ.
4-އަވަން 180 ޑިގްރީސެލްސިއަސްއަށް ހޫނުކޮއްލައްވާ. އަވަން ގެ ނަރުގަނޑު ނަގާ ކޮންމެ ދެ ނަރުގަނޑު މަތީ ޓޯޓިލާގެ ޗިޕްސް ތަތްވިބައި މައްޗަށްވާގޮތަށް ޓޯޓިލާގެ ދެ ފަރާތް ތިރިއަށް އެލިފަ އޮއްނަގޮތަށް ޓޯޓިލާތައް އަތުރާލައްވާ.
5-ނަރުގަނޑު އަވަންގެ މެދުގަ ބާންދައިގެން 30 ނޫނީ 40 މިނެޓްވަރު ފިއްސަވާ. ޓޮޓިލާތަށް ހަރުވަންދެން.
6-ސޯސް ގެ ދަށުގައިވާ ތަކެތި ތައްޓަކަށް އެޅުމައްފަހު އެއްކޮށްފަ ބަހައްޓަވާ.
7-ޓޯޓިލާ ފިހެވުނީމަ ނަގާ ހިހޫނކުރަން ނަރުގަނޑެއްމަތީ ބާއްވާ.
8-ޓޯޓިލާ ޝެލް އެއްނަގާ މީގެ ތެރެއަށް ލެޓިއުސް އަޅާފަ، މަސްކޮޅެއް އަޅާފަ ޓޮމާޓޯ ކޮޅެއްވެސް އަޅާލައްވާ. ދެން ސޯސް މައްޗަށް އަޅާފަ ސާވްކޮށްލައްވާ.