ސާވިންސައިޒް: 5 / ތައްޔާރުކޮށްލަން ނަގާނެވަގުތު: ބައި ގަޑިއިރު / ފިހަން 35 މިނެޓް

ބޭނުންވާނެ ތަކެތި
3 ބިސް
150 ގުރާމް ހަކުރު
100 ގުރާމް ވެޖްޓަބަލް ތެޔޮ
70 ގުރާމް ފުލްކްރީމް މިލްކް
200 ގްރާމް ފުށް
1/2 ސައިސަމްސާ ބޭކިންޕައުޑަރ
1 ސައިސަމްސާ ވެނީލާއެސެންސް
1/2 ސައިސަމްސާ ލޮނު
ޗީޒް ބައި
250 ގުރާމް ކްރީމްޗީޒް
2 މޭޒުމަތިސަމްސާ ހަކުރު
1 މޭޒުމަތިސަމްސާ ކޯންފްލަރ
1 ބިސް
1 ސައިސަމްސާ ވެނީލައެސްނސް
ތައްޔާރުކުރާނެގޮތް
1-ބިސް، ހަކުރު އަދި ލޮނު ކޭކް ގިރާ ތައްޓަށް އަޅާ 3 ގުނަޔަށް އިތުރު ވަންދެން ގިރާލައްވާ. ދެން ބާކީ ހުރި ކޭކް ހަދާ ތަކެތި އަޅާ ފޯލްޑްކޮށްލައްވާ.
2-ދިހަ އިންޗި ޓްރޭއަކަށް ބޭކިންޕޭޕަރ ލައިންކޮށްފަ ގިރާލި ސްޕޮންޖް ކޭކްފުށް އެޅުމަށްފަހު ބަހައްޓަވާ.
3-ކޭކްގިރާތައްޓަށް ޗީޒްބައިގަ ވާ ތަކެތި އަޅާ އޮމާންވަންދެން ގިރާލައްވާ. ދެން މިބައި ޕައިޕިން ބޭގްއަކަށް އަޅާލައްވާ.
4-ކުރިން ހަދި ކޭކްމަތީ ޗީޒް ބައި ޕައިޕްކޮށްލައްވާ.
5-އަވަން 180 ޑިގްރީސެލްސިއަސް އަށް ހޫނުކޮށްފަ 35 މިނެޓްވަންދެން ފިއްސަވާ. ފިހެވުނީމަ ޓްރޭ ނަގާ ހިހޫންކޮށްފަ މައްޗަށް އައިސިން ޝުގަރ ބުރުވާފަ ސާވްކޮށްލައްވާ.
