ސާވިންސައިޒް:8 / ތައްޔާރުކޮށްލަންނަގާނެ ވަގުތު: 30 މިނެޓް

ބޭނުންވާނެ ތަކެތި
1 މެދުސައިޒް ފިޔާ، ޗޮޕްކޮށްފަ
1 މޭޒުމަތީސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
ގިތެޔޮ މިރުސް
2 ހިކަނދިފަތް
2 އިންޗި ދިގު 4 ރާނބާފަތްކޮޅު
1 ބޮޑު ޓޮމާޓޯ، ޗޮޕްކޮށްފަ
1 ޖޯޑު ފްރޯޒަން މިކްސްޑް ވެޖްޓަބަލް
2 ސައިސަމްސާ ލޮނުމިރުސް ޕައުޑަރ
1/2 ސައިސަމްސާ ރީނދޫ
1/2 1 މޭޒުމަތީސަމްސާ ފުއްލާޖެހި ދަޅު ހަވާދު
1 މޭޒުމަތިސަމްސާ ޓޮމާޓޯޕޭސްޓް
1 ސައިސަމްސާ ޗިކަންސްޓޮކްޕައުޑަރ / 2 މެގީކިއުބް
3/4 ޖޯޑު ފެން
1/2 ޖޯޑު ކާށި ކިރު
1 ސައިސަމްސާ ލޮނު
15 ޗިކަން ނަގެޓްސް
1/2 ޖޯޑު ސަންފްލާވަރ ތެޔޮ
ތައްޔާރުކުރާނެގޮތް
1-ތެއްޔަކަށް ތެޔޮކޮޅުގެ ދެ ބައިކުޅައެއްބައި އަޅާ ހޫނުކޮށްލައްވާ. ޗިކަން ނަގެޓްސް ތެޔޮއައްލާފަ ދެފަރާތް ރަތްވަންދެން ތެއްލާލައްވާ. ތެއްލުނީމަ ނަގާ ބަހައްޓަވާ.
2-ތެއްޔަކަށް ފިޔާ، އިނގުރުލޮނުމެދު ޕޭސްޓް، ހިކަނދިފަތް، ރާނބާފަތް އަދި ގިތެޔޮމިރުސް އަޅާ އިތުރަށް ތެޔޮ ބޭނުންވަންޏާ ތެޔޮ ކޮޅަކާ އަޅާ ތެއްލަންފަށާ. ފިޔާ ރަތްވަންދެން ތެއްލާލައްވާ.
3-ދެން ޓޮމާޓޯ އަދި ވެޖްޓަބަލްސް އަޅާ އެއްކޮށްފަ ތެލީމަތިޖަހައިގެން މިނެޓެއްވަރު ކައްކާލައްވާ.
4-ދެން ލޮނުމިރުސް، ރީނދޫ، ފުއްލާޖެހި ހަވާދު، ޓޮމާޓޯޕޭސްޓް، އަޅާ އެއްކޮށްލައްވާ. ދެން ފެން، ސްޓޮކްޕައުޑަރ އަޅާ އެއްކޮއްފަ ތެލީމަތިޖަހައިގެން ދެމިނެޓެއްވަރު ކައްކާލައްވާ. ދެން ޗިކަންނަގެޓްސް ކިރު އަދި ލޮނުއަޅާ އެއްކޮށްފަ މިނެޓެއްވަރު ކައްކާފަ އުނދުންމަތިން ބާލާ.
